ފުރަތަމަ ސަފްޙާ / ޚަބަރު / ފިންލެންޑުން ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަން ބަލިކޮށްފި

ފިންލެންޑުން ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަން ބަލިކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 12 ނޮވެމްބަރު 2020

ރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ފިންލެންޑުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފި އެވެ. ފްރާންސްގެ ވެރިރަށް ޕެރިހުގައި ރޭ ކުޅުނު މި މެޗުން ފިންލެންޑް އަތުން ފްރާންސްގެ ގައުމީ ޓީމު ބަލިވީ 0-2 އިންނެވެ.

ރޭގެ މެޗުގައި ފްރާންސް ކޮޅަށް ފިންލެންޑުން ޖެހި ދެ ލަނޑުވެސް ޖަހައިފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓްގައި މާކަސް ފޯސް ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން ކާމިޔާބުކޮށްދީފައިވަނީ އޮނީ ވަލަކަރި އެވެ. މިއީ ދުނިޔޭގެ ރޭންކިންގެ 55 ވަނައިގައި އޮތް ފިންލެންޑް އަތުން ފްރާންސް ބަލިވި ފުރަތަމަ ފަހަރެވެ.

މެޗުގެ ފަހު ހާފުގައި ފްރާންސް އިން ނަތީޖާ އަނބުރާލުމަށްޓަކައި ބާސެލޯނާގެ ފޯވާޑް އަންޓޮއިން ގްރީޒްމަން އާއި މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް އެންތަނީ މާޝިއަލްގެ އިތުރުން މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ކުޅެން އެރުވި އެވެ. މީގެ އިތުރުން ރޭގެ މެޗުގައި ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އާއި، ޗެލްސީގެ ފޯވާޑް އޮލިވަރ ޖިރޫޑް ވެސް ކުޅެފައިވެ އެވެ. އެކަމަކު ފިންލެންޑްގެ ފަރާތުން ފަހު ހާފުގައިވެސް ރޭ ފެނުނީ ވަރަށް ރަގަޅަށް އިންތިޒާމްވެގެން ކުޅުނު ތަނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!