- ޖަރުމަނު ލީގުގައި މިރޭ ވުލްފްސްބާގް އާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ބޮރޫޝިއާ ޑޯޓްމަންޑުން ޓޭބަލްގެ އެއްވަނައިގައި އޮތް ބެޔާން މިޔުނިކަށް ބާރުބޮޑުކޮށްފިއެވެ. ރަށުން ބޭރުގައި ޑޯޓްމަންޑުން މިރޭ ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ 1-2 އިންނެވެ.މިރޭގެ މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ މޮޅަށް ކުޅެފައިވަނީ ޑޯޓްމަންޑުންނެވެ. މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ޑޯޓްމަންޑުންނެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ގޯލާއި ވަރަށް ކައިރިން ލިބުނު ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދީފައިވަނީ ރަފައެލް ގުރޭރޯ އެވެ. މިއީ މި ސީޒަންގައި ގުރޭރޯ ޑޯޓްމަންޑަށް ކާމިޔާބުކޮށްދިން 8 ވަނަ ލަނޑެވެ. ޑޯޓްމަންޑްގެ ދެވަނަ ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅުން ނުކުތް ޖޭޑަން ސަންޗޯ ދިން ބޯޅައަކުން އަޝްރަފް ހަކީމީ އެވެ. ވުލްފްސްބާގުން މެޗްގައި ޖެހި ހަމައެކަނި ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ފެލިކްސް ކްލައުސް އެވެ.
ޑޯޓްމަންޑުން މިރޭ ހޯދި މޮޅާއެކު އެ ޓީމާއި ޓޭބަލްގެ އެއް ވަނައިގައި އޮތް ބެޔާން މިޔުނިކާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަވީ އެވެ. އެކަމަކު މިރޭ ބެޔާން މިޔުނިކުން އަމިއްލަ ދަނޑުގައި ފްރެންކަފަޓް އާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފިނަމަ އެ ޓީމަށް އަލުން ހަތަރު ޕޮއިންޓްގެ ލީޑެއް ލިބޭނެ އެވެ.
ޑޯޓްމަންޑް މޮޅުވެ ބެޔާން މިޔުނިކަށް ބާރުބޮޑުކޮށްފި
މި ލިޔުމާ ގުޅޭ
ސަޕޯޓަރަކު ދަނޑަށް އަރައި ވީއޭއާރު ސިސްޓަމުން ކަރަންޓު ދުއްވާލައިފި
1 މަސް ކުރިންސަންޗޯ ޑޯޓްމަންޑަށް، ޑަޔާ ބަޔާން މިއުނިކަށް
2 އަހަރު ކުރިންސަންޗޯ އަށް ދޫނުކުރާވަރުގެ ޒުވާން މޮޅު ކުޅުންތެރިއެއް ޑޯޓްމަންޑުން ހޯދައިފި
4 އަހަރު ކުރިންބަޔާން މިޔުނިކުން ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފި
4 އަހަރު ކުރިންކޮމެންޓްސް
# މަޤުބޫލު ލިޔުންތައް
އެންމެ މަޝްހޫރު ތަރިން ޖިބިއްލީ އަށް ބޮޑު މޮޅެއް ހޯދައިދީފި
1 ހަފްތާ ކުރިން
އަސްލު ޗެލްސީ ހާލުގައި އޮތަސް ނައިފަރު ޗެލްސީ ފެށީ ފިސާރި ގަދަކޮށް
1 ހަފްތާ ކުރިން
މާޒިޔާގެ ޒުވާން ޓީމު ބޮޑު އުންމީދަކާއެކު މެންގްރޫވް އައިލެންޑަށް
1 ހަފްތާ ކުރިން
ރަށު ޓީމު ކޮޅަށް ގޯލު ޖަހައި ސަމޫހުގެ ވަފާތެރިކަން ސާބިތުކޮށްދީފި
1 ހަފްތާ ކުރިން
މަޝްހޫރު އޭދަފުށްޓާއި މަހިބަދޫއަށް ފައިނަލްގައި ލިބުނީ ހިތްދަތިކަން
4 ދުވަސް ކުރިން# ފަހުގެ ޚަބަރުތައް
ފައިނަލުން ތިން ބަލި ނުވާން ނައިފަރު ޗެލްސީން ޒުވާން މާޒިޔާއާ ދެކޮޅަށް
16 ގަޑިއިރު ކުރިން
ޒުވާން އައިދު ދި މެންގްރޫވް ލަނޑު ލިސްޓުގެ އެންމެ ކުރީގައި
16 ގަޑިއިރު ކުރިން
އެފްއޭއެމް ރީޖަނަލް ލީގު: ޒޯން ބުރުން ކޮލިފައިވީ ކޮން ރަށްތަކެއް؟
2 ދުވަސް ކުރިން
