ފުރަތަމަ ސަފްޙާ / ޚަބަރު / އެކުވެރިކަން އާލާކުރަން ކ. އަތޮޅަށް ހުޅުވާލައިގެން މިޔަޓުން ދުވުމެއް ބާއްވަނީ
އެކުވެރިކަން އާލާކުރަން ކ. އަތޮޅަށް ހުޅުވާލައިގެން މިޔަޓުން ދުވުމެއް ބާއްވަނީ
ކ. އަތޮޅަށް ހުޅުވާލައިގެން މިޔަޓުން ބާއްވާ ދުވުން. ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި. ފޮޓޯ: މިޔަޓް

އެކުވެރިކަން އާލާކުރަން ކ. އަތޮޅަށް ހުޅުވާލައިގެން މިޔަޓުން ދުވުމެއް ބާއްވަނީ

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން 19 ޖުލައި 2026

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން ކ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ "މިޔަޓް ސްޕޯޓްސް ފިއެސްޓާ 2026" ގެ ޔުނިޓީ ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

"މިޔަޓް ޔުނިޓީ ރަން 2026" ގެ ނަމުގައި މިޔަޓް ސްޕޯޓްސް ފިއެސްޓާއިން މި ރަން ބާއްވަނީ، އަތޮޅުގެ ރަށްތަކުގެ މެދުގައި އޮންނަ އެކުވެރިކަމާއި ބަދަހިކަން އިތުރުކުރުމަށާއި، ކ. ތުލުސްދޫ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައެވެ. 

މި ފިއެސްޓާއަކީ މި އަހަރު އެ އަތޮޅުގައި ބޭއްވޭ އެންމެ ފޯރިގަދަ އަދި އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު އީދަށް ވެގެންދާނެ އެވެ. ފިއެސްޓާ ކުރިއަށްދާނީ މިއަހަރުގެ ޖުލައި 30 އިން ފެށިގެން އޮގަސްޓް 13 ގެ ނިޔަލަށެވެ.

މި ފިއެސްޓާގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ދުވުން، "މިޔަޓް ޔުނިޓީ ރަން" އޮންނާނީ 31 ޖުލައި 2026 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި ކ. ތުލުސްދޫގަ އެވެ. ކުޑަކުދިންނަށް ހާއްސަ ގިނަ ކުޅިވަރުތަކެއް ވެސް ހިމަނައިގެން ކުރިއަށްގެންދާ މި ދުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިން ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވާންޖެހޭނެ އެވެ.

މި ދުވުމަށް ހާއްސަކޮށްގެން ރީތި ޓީޝާޓެއް ފަރުމާކުރެވިފައިވާއިރު، މި ޓީޝާޓްތައް ބައިވެރިންނަށް ވަރަށް ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމް އިތުބާރު ހުރި ގޮތެއްގައި ހަމަޖައްސައިދޭނެ ކަމަށް މިޔަޓުން ވަނީ ބުނެފަ އެވެ. 

މިޔަޓް ސްޕޯޓްސް ފިއެސްޓާގައި މިއަހަރުވެސް ވާދަވެރި މުބާރާތްތަކެއް ކުރިއަށްދާނެ އެވެ. މިގޮތުން މިޔަޓް ފިރިހެން ފުޓްސަލް މުބާރާތާއި، މިޔަޓް ފުޓްސަލް ޗެލެންޖުގެ އިތުރުން، އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މިޔަޓް ފެމީނާ ފުޓްސަލް ޗެލެންޖް ހިމެނެއެވެ. 

މިޔަޓުން އިންތިޒާމުކޮށްގެން މިޔަޓް ފުޓްސަލް ޗެލެންޖް ބާއްވާ މިއީ ހަ ވަނަ ފަހަރެވެ. މިއީ އަތޮޅުތެރޭގައި ބާއްވާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތެވެ. އަދި އިތުރު މުބާރާތްތަކާއެކު މިއަހަރުގެ މިޔަޓް ސްޕޯޓްސް ފިއެސްޓާގެ ފޯރި ވަނީ އިތުރަށް ގަދަވެފަ އެވެ. 

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Predict
Settings