Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ފަސޭހަ ކަމާއެކު ސްޓެލްކޯ އާއި އެމްޓީސީސީ އޮފީސް ލީގުގެ ފައިނަލަށް
ފަސޭހަ ކަމާއެކު ސްޓެލްކޯ އާއި އެމްޓީސީސީ އޮފީސް ލީގުގެ ފައިނަލަށް

ފަސޭހަ ކަމާއެކު ސްޓެލްކޯ އާއި އެމްޓީސީސީ އޮފީސް ލީގުގެ ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
4 ގަޑިއިރު ކުރިން 20 އެޕްރީލް 2026

ބިގް ގޭމް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އޮފީސް ލީގު 2026 ގެ ފައިނަލުން ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި، ކްލަބު އެމްޓީސީސީ ޖާގަ ހޯދައިފި އެވެ.

ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް ހުޅުވާލައިގެން ކުރިއަށްގެންދާ އޮފިސް ލީގު ފުޓްސަލް މުބާރާތުގެ ފައިނަލުން ސްޓެލްކޯ ޖާގަ ހޯދީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި  ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެސްޓީއޯ ރެކްރިއޭޝަން ކްލަބާ ވާދަކޮށް 1-6 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ކުއާޓާ ފައިނަލަށް އައިސް ކުއާޓާ ފައިނަލްގައި ކަސްޓަމްސް ރެކްރިއޭޝަން ކޮޅަށްވެސް ހަ ލަނޑު ޖެހި، ސްޓެލްކޯއިން ރޭގެ މެޗުގައި ޖެހި ހަ ލަނޑުގެ ތެރެއިން ދެ ލަނޑު، މި މުބާރާތުގައި ގިނަ ގޯލްތަކެއް ޖަހައިފައިވާ އިބްރާހިމް ރިމާހު ޖެހިއިރު އެ ޓީމުގެ މުހައްމަދު ސިރުޚާން ވެސް ވަނީ ރޭގެ މެޗުގައި ދެ ގޯލް ކާމިޔާބުކޮށްފަ އެވެ.  މީގެ އިތުރުން ހާރޫން އިބްރާހިމް ރޭ ސްޓެލްކޯއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދިން އިރު އެސްޓީއޯ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށްވެސް ގޯލެއް ވަނެވެ.

އެސްޓީއޯއިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ ސްޓެލްކޯ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

https://fahuminet.com/tournaments/office-league-2026

މުބާރާތުގެ ފައިނަލުން ކްލަބު އެމްޓީސީސީ ވެސް ރޭ ޖާގަ ހޯދީ ފަސޭހަކަމާއެކު އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރޭ މޯލްޑިވްސް އިސްލާމިކް ބޭންކާ ވާދަކޮށް އެމްޓީސީސީއިން މެޗު ކާމިޔާބުކުރީ 0-4 އިންނެވެ. ރޭގެ މެޗުގައި އެމްޓީސީސީއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ މެޗުގެ ފަހު ހާފުގަ އެވެ.  އެމްޓީސީސީގެ ހުސައިން ޝަރީފް (މުޑާ) ރޭގެ މެޗުގައި އެ ޓީމަށް ދެ ގޯލް ކާމިޔާބުކޮށްދިން އިރު އެމްޓީސީއިން ޖެހި އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އިސްމާއިލް ރަޔާން އާއި އުނައިޝް އަހްމަދެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.  

 

ކޮމެންޓްސް

Matches
6
Ongoing
3
Upcoming
Settings