ކުޑަހެންވޭރު ޓާފް ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ ޑޫޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުން ހަތަރު ޓީމެއް ޖާގަ ހޯދައިފި އެވެ.
ގަދަ 16 ގެ ފުރަތަމަ މެޗުގައި ރޭ ކްލަބް އޯވަންއޯ ވަނީ ޑީސީ އެވެންޖާސް 10-0 އިން ބަލިކޮށްފަ އެވެ. ފުޓްސަލްގެ މަޝްހޫރު ކުޅުންތެރިން ހިމެނޭ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޯވަންއޯގެ އިބްރާހިމް އަސްވަދު (ގަބޭ) އެވެ. ދެ ވަނަ މެޗުގައި ރެމްޕޭޖް ވަނީ 5-0 އިން އެންއެސް ރޯމާ ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރެމްޕޭޖް ޓީމްގެ އަހުމަދު އައިހަމް އެވެ. ރޭ އެންމެ ވާދަވެރި ކުޅުމެއް ފެނުނީ ޑީއޭ ރޯޔަލްސް އާއި ސްކުއަޑްރާ ސްޕޯޓްސް ކްލަބް ވާދަކުރި މެޗުގަ އެވެ. 8-6 އިން ރޯޔަލްސް ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރީޔަލްސް ޓީމުގެ އިސްމާއީލް އަންވަރު އެވެ. ރޭ ކުޅުނު ދެ ވަނަ ބުރުގެ ފަހު މެޗުގައި ވީކޭ އިން ވަނީ ކޭއެޗު ލަޔަންސް 4-0 އިން ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވީކޭގެ ސާމިން މުހައްމަދު ނަސީރު އެވެ.
@MalhiMv #MalhiFutsalChallenge
4 teams to the quarter finals!
???? @010_club
???? Rampage
???? DA Royals
???? VK Sports pic.twitter.com/R6T6OgW08a— Fahuminet (@fahuminet) January 29, 2021
މިރޭ ކުޅޭނީ ދެ ވަނަ ބުރުގެ ފަހު ހަތަރު މެޗެވެ. އަށެއް ޖަހާއިރު ފަށާ މެޗުގައި އެފްސީ ޒެފިއާ އާއި ނޮއެނާ ވާދަކުރާއިރު ނުވައެއް ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރަނީ ސީކޭ އާއި އާން ދޯ އެވެ. 10 ޖަހާއިރު މަސްއޮޑި ސްޕޯޓްސް ކްލަބާއި ބޫޗީސް ވާދަކުރާއިރު ދެ ވަނަ ބުރުގެ ފަހު މެޗުގައި މިރޭ 11 ޖަހާއިރު ވާދަކުރާނީ މަސްއޮޑި ޓައިޓަންސް އާއި ޗިކެންސް ސްޕޯޓްސް ކްލަބް އެވެ
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ “ޑުޕްރ ފިފްޓީން” އެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށީގެ އިތުރުން ހަމަޖައްސާފައިވަނީ ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަން އެވެ. މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކަށް ރެޑްބުލް ހަމަޖައްސާފައިވާއިރު ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިން ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. އެހެނިހެން ސްޕޮންސަރުންގެ ގޮތުގައި އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް ވަނީ ހަމަޖައްސައިފަ އެވެ.
This weekend's gonna be lit! ????@MalhiMv #MalhiFutsalChallenge pic.twitter.com/64hh13h2yU
— Fahuminet (@fahuminet) January 29, 2021
މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ތިން ނޫހަކާއި މޯލްޑިވްސް ފުޓްސަލް ޕްލެޔާސް ފޭސްބުކް ޕޭޖް ވަނީ ހަމަޖައްސައިފަ އެވެ. މުބާރާތް ކަވަރުކުރާ މީޑިއާތަކަކީ “ފަހުމިނެޓް” ގެ އިތުރުން ވަގުތު އަދި ދެން ނޫހެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީ އިން މައުލޫމާތުދެ އެވެ. މި މުބާރާތަކީ ކޮވިޑް-19 ރާއްޖޭން ފެނުނުފަހުން މާލެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. 32 ޓީމާ އެކު މަޅި އެމްވީ އިން މި މުބާރާތް ކުރިއަށްގެންދަނީ ކުޑަހެންވޭރު ޔުނައިޓެޑާއި މަސްއޮޑި ސްޕޯޓްސް ކްލަބް ގުޅިގެންނެވެ.