ފުރަތަމަ ސަފްޙާ / ޚަބަރު / ޑެވޮންޑޭލް އަމްސާ ކުޅިވަރު ފެސްޓިވަލްގެ ފުޓްސަލް ޗެމްޕިއަންކަން ރޯޔަލް ނައިޓްސް އަށް

ޑެވޮންޑޭލް އަމްސާ ކުޅިވަރު ފެސްޓިވަލްގެ ފުޓްސަލް ޗެމްޕިއަންކަން ރޯޔަލް ނައިޓްސް އަށް

ފަހުމިނެޓް
ފަހުމިނެޓް
5 އަހަރު ކުރިން • 21 ޑިސެމްބަރު 2020

އއ. މަތިވެރީގައި މިހާރު ކުރިއަށްދާ ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގައި ހިމެނޭ އަމްސާ ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ރޯޔަލް ނައިޓްސް ސްޕޯޓްސް ކްލަބް (އާރުކޭ) ހޯދައިފި އެވެ.

މަތިވެރި އެސޯސިއޭޝަން ފޯ މަތިވެރި މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް (އަމްސާ) ގެ 14 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެރަށުގައި ކުރިއަށްގެންދާ ކުޅިވަރު ފެސްޓިވަލްގެ ފުޓްސަލް ލީގުގެ ޗެމްޕިއަންކަން އާރުކޭ އިން ހޯދީ ދެ ލެގުގެ އުސޫލުން ކުރިއަށްދިޔަ މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ހޯދައި ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފުޓްސަލް ލީގުގެ ފަހު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކުރީ އާރުކޭ އާއި މާންސް އެވެ. މެޗަށް ނުކުތްއިރު މި ދެޓީމަށް ވެސް ފަސް މެޗުން ލިބުނީ 10 ޕޮއިންޓެވެ. އެހެންވެ މެޗުން ޕޮއިންޓެއް ހޯދައިގެން ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އާރުކޭ އަށް ލިބުނެވެ. އާރުކޭ އިން ލީޑު ނަގާފައިވަނިކޮށް މާންސް ޓީމުން ފަހަތުން އަރައި ޖެހި ގޯލާ އެކު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެއާ އެކު ޕޮއިންޓުގެ ގޮތުން ދެޓީމު އެއްވަރުވެ ފައިދާ ގޯލުގެ ތަފާތުން އާރުކޭ އަށް ޗެމްޕިއަންކަން ލިބުނީ އެވެ. މެޗުގައި އާރުކޭ ޓީމުގެ ހަމައެކަނި ލަނޑު ހުސައިން ނަޝީދު ޖެހިއިރު ދެ ވަނަ ހާފުގައި މާންސްގެ ލަނޑު ކާމިޔާބުކޮށްދިނީ އަރުޝަދު އަބްދުއްލަތީފް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާންސްގެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ގޯލްކީޕަރު ޒިޔާހު މުހައްމަދު އެވެ. އާރުކޭ އިން ޗެމްޕިއަންކަން ކަށަވަރުކުރީ މާންސް އަށް ވުރެ ފައިދާ ހަތަރު ގޯލު އިތުރަށް ހޯދައިގެންނެވެ.

image

ޗެމްޕިއަންކަން ހޯދި އާރުކޭ ޓީމަކީ އަމްސާގެ މުބާރާތްތަކުގައި އެންމެ ކާމިޔާބު އެއްޓީމެވެ. މިގޮތުން އެޓީމުން ވަނީ 2013 ވަނަ އަހަރުގެ އަމްސާ ކަޕްގެ އިތުރުން މިދިޔަ އަހަރުގެ ރަނަރަޕްކަން ހޯދައިފަ އެވެ.

ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލްގައި އަދި ކުރިއަށް އިތުރު މުބާރާތްތަކެއް ރޭވިފައިވާ ކަމަށް އަމްސާ އިން މަޢުލޫމާތުދެ އެވެ. މިގޮތުން އަމްސާގެ ފުރަތަމަ ނެޓްބޯޅަ މުބާރާތާއި އަމްސާގެ ފުރަތަމަ އަންހެން ވޮލީބޯލް މުބާރާތުގެ އިތުރުން ސްޓެލްކޯ އަމްސާ ހޭންޑްބޯލް މުބާރާތް ވެސް ކުރިއަށް ރޭވިފައިވާކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދީފައިވެ އެވެ.

މިއަހަރުގެ އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލްގެ މެއިން ސްޕޮންސާ އަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑެވޮންޑޭލް އެވެ. ކޯ ސްޕޮންސަރުންނަކީ އެމް.ޑަބްލިއު.އެސް.ސީ އާއި ސްޓެލްކޯ އާއި ވެމްކޯ އަދި އޭޑީކޭ ހޮސްޕިޓަލް އެވެ.

ކޮމެންޓްސް

Matches
7
Ongoing
1
Upcoming
Predict
Settings