ފުރަތަމަ ސަފްޙާ / ޚަބަރު / ލިވަޕޫލް ސަޕޯޓަރުންގެ ހަރަކާތްތައް މެކުހަށް، މިފަހަރު ކުޅުންތެރިއަކާ އެކު!

ލިވަޕޫލް ސަޕޯޓަރުންގެ ހަރަކާތްތައް މެކުހަށް، މިފަހަރު ކުޅުންތެރިއަކާ އެކު!

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 17 ފެބްރުއަރީ 2020

އިނގިރޭސި މަޝްހޫރު ކްލަބް ލިވަޕޫލަށް ސަޕޯޓްކުރާ ރާއްޖޭގެ ސަޕޯޓަރުން އުފައްދާފައިވާ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް (އޯއެލްއެސްސީ މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން ބާއްވާ އިވެންޓެއްގައި ބައިވެރިވުމަށް އެ ކްލަބަށް ކުރިން ކުޅެ ސަޕޯޓަރުންގެ ލޯބި ހޯދި ޑެނިއަލް އެގާ ރާއްޖެ އަންނަން ނިންމައިފި އެވެ.

ލިވަޕޫލާއި ރާއްޖޭގައި ވެސް ރަސްމީކޮށް ރަޖިސްޓްރީ ކޮށްގެން ހިންގާ ސަޕޯޓަރުންގެ ކްލަބުން ކުރީގެ ޑިފެންޑަރު އެގާއާ އެކު ބާއްވާ އިވެންޓް އޮންނާނީ އަންނަ ހަފްތާ މާލޭގަ އެވެ. މިއީ ރާއްޖޭގެ ކްލަބަކަށް ނިސްބަތްވާ ސަޕޯޓަރުންގެ ގްރޫޕަކުން ކުރީގެ ކުޅުންތެރިއަކު ގެނެސްގެން ބާއްވާ ފުރަތަމަ އިވެންޓެވެ.

ލިވަޕޫލް ސަޕޯޓާސް ކްލަބް ރާއްޖޭގައި ރަޖިސްޓްރީ ކުރީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ސަޕޯޓަރުންގެ ކްލަބެއްގެ ގޮތުގައި ރަސްމީކޮށް ނުކުމެ މިހާތަނަށް ވަނީ ގިނަ ހަރަކާތްތަކެއް ހިންގައިފަ އެވެ. އޭގެތެރޭގައި ޔޫރަޕްގެ މަޝްހޫރު ކްލަބްތަކަށް ސަޕޯޓަރުންނަށް އަމާޒުކޮށްގެން މިދިޔަ އަހަރުގެ ކުރީކޮޅު ފުޓްސަލް މުބާރާތެއް ބޭއްވުމާއި އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މަހު ކެއާ ސޮސައިޓީ އޮފް މޯލްޑިވްސް އަށް 10،000 ރުފިޔާ ހަދިޔާކުރުން ހިމެނެ އެވެ. މީގެ އިތުރުން ސަޕޯޓާސް ކްލަބުން ވަނީ އޮފިޝަލް މެމްބަރޝިޕް އޮންނަ ސަޕޯޓަރުންނަށް މާލޭގެ “ކްލަބް 360” އިން ހާއްސަ ޑިސްކައުންޓެއް ލިބޭ ގޮތަށް ހަމަޖައްސައިފަ އެވެ.

https://www.facebook.com/OLSCMaldives/photos/a.551529721622078/2570985479676482/?type=3&__xts__%5B0%5D=68.ARC-_PGSCEzQlCpnZzy2RzFjqSpHINV-zK4zE_DXEE9OE9rg2h2hf8jz7bjn7Ua0bBDBZsaNDPsp8L8TthuP_8zZNKfLQzm7aoalOlLgUDB8LjnARVX0BCNVvby5guQYtpcb5_YUIwR5HPugtAoilB5Elg2-CoVqUgfO5l5Lhl1wFnORAnxUMy8le0qUBoRjS3x3UHInf-gBHiSPnTni7IonDN2MrYWiGCeuNiuGG_DEXtZZk_v6_3F7ruMT3KPVmPLV4NCUXppMBXbc-ll1pH0iefC0C2PBzwby_WAG5HXqUc_EhMe5zr4w4DPenGFqMZ4saXSDq8VdR3-Va5yC7DP6TA&__tn__=-R

2004 ވަނަ އަހަރު އުފަން ގައުމު ޑެންމާކުގެ ބްރޮންޑްބީ އިން ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށި އެގާ ލިވަޕޫލަށް ބަދަލުވީ 2006 ވަނަ އަހަރު އެވެ. 2014 ވަނަ އަހަރުގެ އޮގަސްޓް މަހު ލިވަޕޫލް ދޫކޮށް އެގާ އަލުން ބަދަލުވީ ކުރީގެ ކްލަބް ބްރޮންޑްބީއަށެވެ. ލިވަޕޫލާ އެކު 2012 ވަނަ އަހަރުގެ އިނގިރޭސި ލީގު ކަޕް އަދި 2006 ވަނަ އަހަރުގެ އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި އެގާ އަކީ އޭނާ ކުޅުނު ދުވަސްވަރު ލިވަޕޫލްގެ ފަހަތް ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކައި ވައިސް ކެޕްޓަން ކަން ވެސް ކުރި ކުޅުންތެރިއެކެވެ. ލިވަޕޫލްގައި ހޭދަކުރި ނުވަ ސީޒަނުގައި އެގާ ވަނީ އެ ކްލަބަށް 232 މެޗު ކުޅެދީ 14 ގޯލު ޖަހައިދީފަ އެވެ.

އެގާ ވަނީ ޑެންމާކުގެ ގައުމީ ޓީމުގައި 2005 އިން 2016 ވަނަ އަހަރާއި ހަމައަށް ކުޅެ 75 މެޗުގައި 11 ގޯލު ޖަހައިދީފަ އެވެ. ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެގާ ވަނީ އެގައުމުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 2007 ވަނަ އަހަރާއި 2012 ވަނަ އަހަރު ހޯދައިފަ އެވެ.

ފުޓްބޯޅަ ކުޅުން 2016 ވަނަ އަހަރު ހުއްޓާލުމަށް ފަހު މިހާރު އުމުރުން 35 އަހަރުގެ އެގާ ވަނީ އާއިލާއާ އެކު ސްޕެއިނަށް ބަދަލުވެފަ އެވެ. ފުޓްބޯޅަ ކުޅުންތެރިއެއްގެ އިތުރުން ޓެޓޫ އާޓިސްޓެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ އެގާ ސްޕެއިނަށް ބަދަލުވުމަށް ފަހު އޭނާގެ ބޭބެ އާއި ބޮޑުބޭބެ އަދި ކުރީގެ ގާތް ރައްޓެއްސަކާ އެކު ވިޔަފާރި ފެށި އެވެ. އަދި 2017 ވަނަ އަހަރު ގޯލްފް ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައި ލިބޭ ފައިސާއިން ބައެއް އޭނާ އަންނަނީ އެގައުމުގެ ޗެރިޓީ ފަންޑަށް ހަދިޔާކުރަމުންނެވެ. ފަހުން އޭނާ ވަނީ “އެގާ ފޯ ޗެރިޓީ” ގެ ނަމުގައި ފައުންޑޭޝަނެއް އުފައްދައި ޗެރިޓީ އިވެންޓްތަކުގައި ލިވަޕޫލްގެ ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ސްޓީވެން ޖެރާޑާއި ޕެޕޭ ރެއިނާ ބައިވެރިކޮށްފަ އެވެ.

ލިވަޕޫލަށް ކުޅުން ހުއްޓާލުމަށް ފަހު އެގާ ވަނީ 2017 ވަނަ އަހަރުގެ މާޗް މަހު ޗެރިޓީ މެޗެއްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!