ފުރަތަމަ ސަފްޙާ / ޚަބަރު / ލިވަޕޫލް ފޭން ކްލަބުގެ ދީލަތި އެހީއެއް ކެއާ ސޮސައިޓީ އަށް

ލިވަޕޫލް ފޭން ކްލަބުގެ ދީލަތި އެހީއެއް ކެއާ ސޮސައިޓީ އަށް

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 30 ޖެނުއަރީ 2020

ޔޫރަޕްގެ މަޝްހޫރު ކްލަބް ލިވަޕޫލްގެ، އޮފިޝަލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް (އޯއެލްއެސްސީ މޯލްޑިވްސް) އިން ކެއާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ދީލަތި އެހީއެއް ވެއްޖެ އެވެ. ކެއާ ސޮސައިޓީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ލިވަޕޫލް ސަޕޯޓާސް ކްލަބުގެ ފަރާތުން ވަނީ 10،000 ރުފިޔާ އެ ސޮސައިޓީއަށް ހަދިޔާކޮށްފަ އެވެ.

ލިވަޕޫލް ސަޕޯޓާސް ކްލަބުން ބުނީ މާލީ އެހީތެރިކަމެއް އެ ސޮސައިޓީއަށް ފޯރުކޮށްދިނީ އެހީތެރިކަން ބޭނުންވާ ކުދިންނާއެކު ކުރަމުންދާ މަސައްކަތް ފާހަގަކޮށް މި އަގުހުރި ހިދުމަތް ފުޅާކުރުމުގައި ހިއްސާއެއް އޮތުމުގެ ބޭނުމުގައި ކަމަށެވެ. އިއްޔެ އޮތް މި ރަސްމިއްޔާތުގައި ކެއާ ސޮސައިޓީގެ އިސްވެރިންނާއި ލިވަޕޫލް ސަޕޯޓާސް ކްލަބުގެ އޯގަނައިޒިން ކޮމިޓީގެ މެމްބަރުން ބައިވެރިވި އެވެ. އެހީތެރިކަން ފޯރުކޮށްދިން އެއްބަސްވުމުގައި ލިވަޕޫލް ސަޕޯޓާސް ކްލަބުގެ ފަރާތުން ސޮއިކުރީ ޗެއާމަން ބައްސާމް ރަޝީދު އެވެ. ކެއާ ސޮސައިޓީގެ ފަރާތުން ސޮއިކުރީ އެސިސްޓެންޓް ޑިރެކްޓަރ ޕްރޮގްރާމްސް ފާތިމަތު ޒާނާ ރަފީއު އެވެ.
https://www.facebook.com/OLSCMaldives/posts/2534206956687668?__xts__%5B0%5D=68.ARDzugctkbdwvaUyGYMBAOMG3ZH1zQHXpHNqUFTIcDV7RBHg7bAScYzT9mvlxM5hF7bAOhx1flzLQ9N9XdaM7xfZu2Tlg8FWE3Y3w_gDJ4wRMDopKJWWUnRb3g6KAwmk3wDhyZwGSn5sE7lR873blcb-IjXkCfRcM2_NDR2OuupygXFYBzZfmGOs_u_PggKlXd7ScA9ygwnGBDzCd7m2keouCphbLZJ82GMciypBtrUi7McRFTsbPaHqN_suTqFOTKTD5mp8iKWIgUZv12SibaPxRjEaPIlI7I0MY5znEtPe7cMUdhFEtIz2r20eY6rlbUxNwLpwtZN8CTS_a6AJHbsSVQ&__tn__=-R
ރާއްޖޭގެ ލިވަޕޫލް ސަޕޯޓާސް ކްލަބުން ކެއާ ސޮސައިޓީއާއެކު ހެދި އެއްބަސްވުމާއެކު، އެތަނުގެ ތެރަޕީ ރޫމްތަކަށް ބޭނުންވާ ބައެއް ސާމާނު ހޯދުމާއި ހިދުމަތް އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން އެ ސޮސައިޓީން ކުރާނެ އެވެ.

ލިވަޕޫލް ސަޕޯޓާސް ކްލަބުން ފައިސާ ހޯދީ މިދިޔަ އަހަރު އެ ކްލަބުން ހިންގި އެކި ހަރަކާތްތަކުންނެވެ. މިގޮތުން މިދިޔަ އަހަރު އެ ކްލަބުން ބޭއްވި ފޭން ކްލަބްތަކުގެ ފުޓްސަލް މުބާރާތުގައި ވާދަކުރި އާސެނަލާއި، މެންޗެސްޓަރ ޔުނައިޓެޑް އަދި ޗެލްސީގެ ސަޕޯޓަރުންގެ ކްލަބުން ވަނީ މިކަމުގައި ލިވަޕޫލް ސަޕޯޓާސް ކްލަބަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެ މުބާރާތުގައި ޓީމުތަކުން ބައިވެރިވުމުގެ ފީއެއް ނުނަގައި ލިވަޕޫލް ސަޕޯޓާސް ކްލަބުން އެދުނީ ކްލަބުގެ އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީ ހޯދުމުގައި މަސައްކަތް ކުރުމަށެވެ. ލިވަޕޫލް ސަޕޯޓާސް ކްލަބުން ވަނީ ރާއްޖޭގައި ހިންގާ އެހެން ފޭން ކްލަބްތަކުގެ ފަރާތުން މިކަމުގައި ލިބުނު އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކޮށްފަ އެވެ.

ލިވަޕޫލް ސަޕޯޓާސް ކްލަބުގެ ޗެއާމަން ބައްސާމް ރަޝީދު ބުނީ، އިޖްތިމާއި މުހިއްމު މަސައްކަތެއް ކުރާ ބަޔަކަށް އެ ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދެވުމަކީ ކްލަބުގެ ހުރިހާ ސަޕޯޓަރުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

“މިއީ އަހަރުތެރޭ ކުރި ބުރަ މަސައްކަތުން ބޮޑަށް ސަޕޯޓަރުންގެ އެއްބާރުލުމާއެކު ފޯރުކޮށްދެވުނު އެހީއެއް. މީގެ ބޭނުމަކީ ކްލަބްގެ ސަޕޯޓަރުން މިކަހަލަ މުހިއްމު ކަމެއްގައި ބައިވެރިކޮށް އެހެން ކްލަބްތަކަށް ވެސް މިސާލު ދެއްކުން. އަޅުގަނޑުމެން މިކަން ކުރީ ހުރިހާ ސަޕޯޓަރުންގެ ހިޔާލު ހޯދައިގެން. ފުޓްބޯޅަ ސަޕޯޓަރުންނާމެދު އާއްމުން ގެންގުޅޭ ނެގަޓިވް ވިސްނުން ދޫކޮށް ތަންކޮޅެއް ޕްރޮޑަކްޓިވްކޮށް މިކަން ކުރަން ބޭނުންވީ” ލިވަޕޫލް ފޭން ކްލަބުގެ އޯގަނައިޒިން ކޮމިޓީގެ ޗެއާމަން ބައްސާމް “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުންޏެވެ.
https://www.facebook.com/CareSocietyMV/posts/2749990425070180?__xts__%5B0%5D=68.ARAxDGSeAzcHs-2ZchZwlz_L9O6FD7QFd7ZLrhyS3KW7i6ZB1UEaPzG2jBOWu2DRNazMnZlSiGJyIALcBU5STJo8-xMlWcEGSTUGGQXKggmOJPjKZvCRvR_WhdY55mgVQZQWxho5crPUZaU3XU4J_K8VmlX5_EcSdcGn0wItgHqL6v1SZAokyPBLlBAzOxUP7GbzQ9eGXR7CMlP-OTYa7SgxT7YiVYnw5yK5YGjYfZp3ntdFte9UWuc2dyOZrMrZvYT8_MCW11hwf_vY7SCCDk6tSwClqEZPsIZmL6–QRjRixMLU6D8shFK91qLbP56xsCmj8uVmlFNVSX93qI_JQXfHw&__tn__=-R

ކެއާ ސޮސައިޓީން ވަނީ ލިވަޕޫލް ފޭން ކްލަބުން ދިން އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. އެ ސޮސައިޓީން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ އެތަނުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތް ކުރާ ބަޔަކަށް ލިވަޕޫލް ސަޕޯޓާސް ކްލަބުން ވެދިން އެހީތެރިކަމަކީ ޒުވާނުންނަށް ދެއްކި މިސާލެއް ކަމަށެވެ

ރާއްޖޭގައި އުފެއްދި ސަޕޯޓާސް ކްލަބްތަކުގެ ތެރެއިން ލިވަޕޫލް ސަޕޯޓަރުން ހިމެނެނީ އެންމެ ހަރަކާތްތެރި ގްރޫޕުގެ ގޮތުގަ އެވެ. ޖަމިއްޔާއެއްގެ ގޮތުގައި ސަޕޯޓާސް ކްލަބް ރަސްމީކޮށް ރަޖިސްޓްރީ ކުރުމަށް ފަހު ކޮންމެ އަހަރަކު ވެސް އިޖުތިމާއީ މަސައްކަތްތަކަށް އެއްބާރުލުން ދޭން ވަނީ ނިންމައިފަ އެވެ. ލިވަޕޫލް ސަޕޯޓާސް ކްލަބުން ބުނީ ކުރިއަށް އޮތްތަނުގައި މިއަށްވުރެ ފުރިހަމަކޮށް އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ޖަމިއްޔާއިން ކުރާނެ ކަމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!