ފުރަތަމަ ސަފްޙާ / ޚަބަރު / ކަރާ ފަޅައިގެން އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމު އުރީދޫއިން ދެނީ
ކަރާ ފަޅައިގެން އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމު އުރީދޫއިން ދެނީ

ކަރާ ފަޅައިގެން އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމު އުރީދޫއިން ދެނީ

އެޑްމިން
އެޑްމިން
4 ދުވަސް ކުރިން 17 ފެބްރުއަރީ 2026

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް މިފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ކަރާ ފެޅުން" މިއަހަރުވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފަހަރުވެސް އާދަޔާހިލާފު ހަދިޔާތަކާއި އިނާމުތަކާ އެކު ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މި ހަރަކާތުގެ މިފަހަރުގެ މައިގަނޑު އަމާޒަކީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވި ގޮތުގައި ކަސްޓަމަރުންނަށް ތަފާތު މަޖާ އަދި އާއިލީ ގުޅުން ބަދަހިވާނެ ފަދަ ތަޖުރިބާއަކަށް ކަރާ ފެޅުމުގެ ހަރަކާތް ހެދުމެވެ.

ކުރީ އަހަރުތަކާ އަޅާ ބަލާއިރު މިއަހަރު އެންމެ ބޮޑު ތަފާތަކަށް ވާނީ ކަރާ ކުއެސްޓެވެ. މި ހަރަކާތުގައި ކަރާ ފަޅަންޖެހޭނީ މެޕުން ދައްކާ ވަކި ތަނަކަށް ގޮހެވެ. މީގެ އިތުރުން އާއިލާގެ އެހެން މެންބަރުންނާއި، ރައްޓެހިން އެކީގައި ބައިވެރިވެގެން ހަރަކާތް ކުރިއަށްގެންދެވޭ ގޮތް ހެދުމަށްޓަކައި މިފަހަރު ގޭމް ފަރުމާކޮށްފައިވާނީ ޓީމް ބޭސްޑް އެއްޗެއްގެ ގޮތުގަ އެވެ.

https://x.com/OoredooMaldives/status/2024038728323526716?s=20

މިފަހަރުގެ ކަރާ ފެޅުން ކުރިއަށްދާއިރު ގޭމްގައި ބައިވެރިވާ ކަސްޓަމަރުންނަށް ރާއްޖެ ބަހާލެވިފައިވާ ދެބައިންކުރެ ކޮންމެވެސް އެއްބައެއްގައި ހިމެނިގެން ގޭމް ފުރިހަމަކުރުމުގެ އިހުތިޔާރު އޮންނާނެ އެވެ. ރަތް ލަޝްކަރާއި ނޫ ލަޝްކަރު ހިމެނޭ ގޮތަށް އުރީދޫ މޮބައިލް އެޕްލިކޭޝަންގެ ތެރެއިން ކުރިއަށްގެންދާ މި ގޭމް ވާނީ އެކުވެރިކަމާއެކު ގެންދެވޭ ފޯރިގަދަ ހަރަކާތަކަށެވެ.

"މިއަހަރުގެ ރޯދަމަހާ ދިމާކޮށް އާންމުންގެ މެދުގައި މަގުބޫލު "ކަރާފެޅުން" ގޭމް މިފަހަރު އުރީދޫއިން މި ގެނެސްދެނީ ކުރިއަށްވުރެ ފޯރިގަދަކޮށް، މުޅިން އާ ފީޗާސްތަކަކާއެކު. މިފަހަރުގެ ގޭމްގައި އޮތް އެންމެ ހާއްސަ އެއް ކަމަކީ،"ކަރާ ކުއެސްޓް"، މެޕުން ދައްކާ ތަނަކަށް ގޮސްގެން ކަރާ ފެޅުން،" އުރީދޫ ހެޑް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިޔާޒު ވިދާޅުވި އެވެ.

މިއަހަރުގެ "ކަރާ ފެޅުން" ގޭމް ކުޅެގެން ނަސީބުވެރި ފަރާތަކަށް ލިބޭ އެންމެ ބޮޑު އިނާމަކީ 100,000 ރުފިޔާގެ އަގުހުރި "ކްރިއޭޓަރ ބަންޑްލް" އެކެވެ. މި ޕެކޭޖުގެ ތެރޭގައި ހިމެނެނީ، އައިފޯން 17 ޕްރޯ، މެކްބުކް، އައިޕެޑް، ޑްރޯން، އޮސްމޯ ޕޮކެޓް ކްރިއޭޓާ އެކެވެ.

މީގެ އިތުރުން، ކަރާ ފަޅާ ކޮންމެ ކަސްޓަމަރަކަށްވެސް ކޮންމެވެސް ކަހަލަ އިނާމެއް ލިބޭގޮތަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި މިދިޔަ އަހަރު ވެސް ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު 1ޖީބީ (4 ގަޑިއިރަށް) ފަދަ ޑޭޓާ އިނާމުތައް ހިމެނެއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!