ފުރަތަމަ ސަފްޙާ / ޚަބަރު / ފެންޓަސީ ލީގުގެ އެއް ވަނަ އަށް ވެލިގާ ހާޑްވެއާ އިން 30000 ރުފިޔާ

ފެންޓަސީ ލީގުގެ އެއް ވަނަ އަށް ވެލިގާ ހާޑްވެއާ އިން 30000 ރުފިޔާ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 5 އޮގަސްޓް 2021

މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ފަށާ އިނގިރޭސި ޕްރިމިއާ ލީގަށް ހާއްސަކޮށްގެން އަގުހުރި އިނާމްތަކާ އެކު ވެލިގާ ހާޑްވެއާ އިން ފެންޓަސީ ލީގެއް ތައާރަފްކޮށްފި އެވެ.

ހާޑްވެއާގެ ވިޔަފާރީގައި މަޝްހޫރު ކުންފުނިން ވަނީ މިފަހަރުގެ ފެންޓަސީ ލީގުގެ އެއް ވަނަ އަށް 30000 ރުފިޔާ ދޭން ނިންމައިފަ އެވެ. ދެ ވަނަ ލިބޭ ފަރާތަކަށް 20000 ރުފިޔާ ދޭއިރު ތިން ވަނަ އަށް އަންނަ ފަރާތަކަށް ޕީއެސް ފަހެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެންމެ ކުރި ލިބޭ އިތުރު 10 ފަރާތް ހޮވައި އޮރިޖިނަލް ޖާޒީ ސެޓަކާ 2000 ރުފިޔާ ދޭނެކަމަށް ވެލިގާ ހާޑްވެއާ އިން ބުނެ އެވެ. ނުވަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ އިނގިރޭސި ޕްރިމިއާ ލީގުގައި ކޮންމެ މަހަކު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށް އޮރިޖިނަލް ޖާޒީ ސެޓަކާ އެކު ބްރޭންޑް ގިފްޓް ޕެކެއް ދިނުމަށް ވެސް ވެލިގާ ހާޑްވެއާ އިން ވަނީ ނިންމައިފަ އެވެ.

Veligaa Hardware Fantasy Premier League 2021/22! A long awaited Fantasy Premier League with exciting monthly gifts and grand winners.

​Join our FPL community: https://t.co/T5FgLVOSUH#veligaahardware #veligaahardwareFPL pic.twitter.com/pFyuO8vUaz

— veligaa.com (@veligaahardware) August 2, 2021

މި ލީގުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ ޑިސެމްބަރު 31 އެވެ. ފެންޓަސީ ލީގާ އެކު ވެލިގާ ހާޑްވެއާ އިން ވަނީ ޓާމްސް އެންޑް ކޮންޑިޝަންސް އާއްމުކޮށްފަ އެވެ. މި ލީގުގައި ބައިވެރިވޭނީ ރާއްޖޭ އާއި ރާއްޖޭގެ ވޯކް ޕާމިޓް ހޯލްޑަރުންނަށެވެ. ވަނަތަކަށް އަންނަ ފަރާތްތައް އިއުލާންކުރާނީ ވެލިގާ ހާޑްވެއާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންނެވެ. މިގޮތުން ފޭސްބުކާއި ޓްވިޓާގެ އިތުރުން އިންސްޓަގްރާމް އަދި އޮފިޝަލް ވެލިގާ އެފްޕީއެލް ވައިބަރ ކޮމިއުނިޓީ ގްރޫޕްގައި އިނާމު ލިބޭ ފަރާތްތައް އިއުލާންކުރާނެ އެވެ.

އާ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ފަށާ މެޗުގައި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ބައްދަލުކުރާނީ ބްރެންޓްފޯޑާއި އާސެނަލް އެވެ. ލީގު ފެށެން ގާތްވެފައިވާއިރު ރާއްޖޭގައި ފެންޓަސީ ގިނަ ލީގުތަކެއް އަންނަނީ އިއުލާންކުރަމުންނެވެ. ވެލިގާ ހާޑްވެއާގެ ފެންޓަސީ ލީގު ކޯޑަކީ 4urvnt އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!