ފުރަތަމަ ސަފްޙާ / ޚަބަރު / ދަނޑުގޯޅިއާއި ރޮކް ސްޓްރީޓް އެއްވަރުވިއިރު މުއިވެޔޮ ފްރެންޑްސް ފަހުވަގުތު މޮޅުވެއްޖެ

ދަނޑުގޯޅިއާއި ރޮކް ސްޓްރީޓް އެއްވަރުވިއިރު މުއިވެޔޮ ފްރެންޑްސް ފަހުވަގުތު މޮޅުވެއްޖެ

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 14 ނޮވެމްބަރު 2018

އެފްއޭއެމް ތިންވނަ ޑިވިޝަނުގައި އިއްޔެ ހަވީރު ކުޅެވުނު މެޗުތަކުން ދަނޑުގޯޅި ސްޕޯޓްސް ކުލަބާއި ރޮކް ސްޓްރީޓް ސްޕޯޓްސް ކުލަބް ވާދަކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، މުއިވެޔޮ ފްރެންޑްސް ކްލަބް ފަހުވަގުތު ސްޕޯޓްސް ކުލަބް ރިވަލްސާ އަތުން މޮޅެއް ހޯދައިފިއެވެ.

އެފްއޭއެމް 1 ނަންބަރު ޓާފުގައި ކުޅެވުނު ގުރޫޕް 4ގެ ދަނޑުގޯޅި އާއި ރޮކް ސްޓްރީޓް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނީ 1-1ގެ ނަތީޖާއަކުންނެވެ. މެޗުގެ 53 ވަނަ މިނިޓުގައި އާތިފް އަހުމަދުގެ ގޯލަކުން ދަނޑުގޯޅިން ލީޑު ނަގައިފައި ވަނިކޮށް އޭގެ ފަސް މިނިޓު ފަހުން ރޮން ސްޓްރީޓުން ނަތީޖާ ހަމަހަމަކުރީ އެޓީމުގެ އިސްމާއިލް ނަސީމް ޖަހައިދިން ގޯލަކުންނެވެ.

ހެންވޭރު ދަނޑުގައި ކުޅެވުނީ ގުރޫޕް 5ގެ ރިވަލްސާއާއި މުއިވެޔޮ ފްރެންޑްސް ބައްދަލުކުރި މެޗެވެ. ރިވަލްސާގެ މައްޗަށް ފަހަތުންއަރާ 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ މުއިވެޔޮ ފްރެންޑްސްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ރިވަލްސާ ކުރީގައި އޮވެގެންނެވެ. އެޓީމުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ޝިފާން އަހުމަދު މަނިކެވެ.

ދެވަނަ ހާފު ފެށިގެން ދެމިނެޓުވެސް ނުވަނީސް މުއިވެޔޮ ފްރެންޑްސްގެ އަބްދުލްހައްގު ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މޮޅުވި ލަނޑު ފުރިހަމަ ވަގުތު ހަމަވެ، ރެފްރީ ދެއްކި އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ޝުޖާއު އެވެ.

މިއަދު ތިންވަނަ ޑިވިޝަނުގައި ކުޅެވިގެންދާނީ ގުރޫޕް 6ގެ މެޗެކެވެ. އެފްއޭއެމް 1 ނަންބަރު ޓާފުގައި ކުޅެވޭ މިމެޗުގައި ބައްދަލުކުރާނީ ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބާއި ބެންޗް ސްޕޯޓްސް ކުލަބެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!