ފުރަތަމަ ސަފްޙާ / ޚަބަރު / ކޮންފެރޭއިން ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ކޮންފެރޭއިން ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 10 ނޮވެމްބަރު 2018

އެފްއޭއެމް ތިންވަނަ ޑިވިޝަނުގައި ގުރޫޕް 1 ގެ ކޮންފެރޭ ސްޕޯޓްސް ކުލަބުން އެޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ. ކޮންފެރޭއިން މިއަދު ހަވީރު އެފްއޭއެމް 1 ނަންބަރު ޓާފުގައި ކުޅުނު މެޗުން އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީއާ ވާދަކޮށް މޮޅުވީ 2-1 އިންނެވެ.

މެޗުގެ ދިހަވަނަ މިނިޓުގައި ކޮންފެރޭގެ އިބްރާހިމް ހުޝާމްގެ ލަނޑުން ލީޑު ނަގާފައި ވަނިކޮށް ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނިޓު ތެރޭގައި ހެލްޕިން ހޭންޑުގެ އިބްރާހިމް އަގީލް ވަނީ އެޓީމަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ. ކޮންފެރޭއިން ތިން ޕޮއިންޓު ކަށަވަރުކުރި ލަނޑު މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ އާދަމް މިސްބާހެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި 8 ގުރޫޕު ހިމެނޭއިރު ނޮކްއައުޓު ބުރަށް ދާނީ ކޮންމެ ގުރޫޕަކުންވެސް އެއްވަނައަށް ދާ ޓީމެކެވެ. ގުރޫޕް ސްޓޭޖުގެ މެޗުތައް އެފްއޭއެމް 1 ނަންބަރު ޓާފުގަ އާއި ހެންވޭރު ދަނޑުގައި ކުރިއަށް ދާއިރު ނޮކްއައުޓް ބުރުން ފެށިގެން މިމުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ފުޓުބޯޅަ ދަނޑުގައެވެ.

މާދަމާ ހަވީރު މުބާރާތުގެ ދެމެޗެއް ކުޅެވިގެން ދާއިރު ފުރަތަމަ މެޗުގައި ވާދަކުރާނީ ގުރޫޕް 2 ގެ އެލްޓީ ސްޕޯޓްސް ކުލަބާއި މައްޗަންގޮޅި ޒުވާނުންގެ ގުޅުން (އެމްޒެޑްޖީ) އެވެ. މިމެޗު ކުޅެވިގެން ދާނީ އެފްއޭއެމް 1 ނަންބަރު ޓާފުގައެވެ. ހެންވޭރު ދަނޑުގައި އޮންނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް 3 ގެ ތުޅާދޫ އެޑްވެންޗާ ސްޕޯޓްސް އާއި ޓެންޓް ސްޕޯޓްސް ކުލަބެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!