ފުރަތަމަ ސަފްޙާ / ޚަބަރު / ގައުމީޓީމަށް ކުޅުން ހުއްޓާލިތާ ދެއަހަރު ފަހުން ރޫނީގެ ވަދާއީ މެޗު

ގައުމީޓީމަށް ކުޅުން ހުއްޓާލިތާ ދެއަހަރު ފަހުން ރޫނީގެ ވަދާއީ މެޗު

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 5 ނޮވެމްބަރު 2018

އިނގިރޭސި ވިލާތުގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު، 53، ޖަހައިދީފައިވާ ފޯވަޑް އަދި ކުރީގެ ކެޕްޓަން ވޭން ރޫނީ ގައުމީޓީމަށް ކުޅުން ހުއްޓާލިތާ ދެ އަހަރު ފަހުން، އޭނާގެ ވަދާއީ މެޗަށް ތައްޔާރުވެއްޖެއެވެ.

އަންނަ ހަފްތާގެ ހުކުރުވިލޭރޭ އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި އެމެރިކާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު ކުޅެވިގެންދާނީ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.

އުމުރުން 33 އަހަރުގެ ރޫނީ އެންމެފަހުން ގައުމީ ޓީމަށް މެޗެއް ކުޅެދީފައިވަނީ ވޯލްޑްކަޕް ކޮލިފައިންގައި 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސްކޮޓްލޭންޑް އަތުން 3-0 އިން މޮޅުވި މެޗުގައެވެ. އެމެރިކާއާ ދެކޮޅަށް ކުޅެވޭ މެޗު ވެގެންދާނީ ރޫނީ ގައުމީ ޓީމަށް ކުޅެދޭ 120 ވަނަ މެޗަށެވެ.

އިންގްލޭންޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް ޝަރަފްވެރިކަމާއެކު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ފުރުސަތު ދިނުމުގެގޮތުން މިމެޗަށް ނަންދެވިފައި ވަނީވެސް ރޫނީގެ ފައުންޑޭޝަން، “ދި ވޭން ރޫނީ ފައުންޑޭޝަން އިންޓަނޭޝަނަލް” ގެ ނަމުންނެވެ. އަދި މިމެޗު ކުޅެގެން ލިބޭ ފައިސާވެސް ހަދިޔާކުރުމަށް ނިންމާފައިވަނީ މި ފައުންޑޭޝަނަށެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ތަރި މިދިޔަ ސީޒަނުގައި އެވަޓަންގައި ކުޅުމަށްފަހު މިސީޒަނުގައި ރޫނީ ވަނީ އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގެ ޑީސީ ޔުނައިޓެޑާ ގުޅިފައެވެ. ރޫނީއަކީ ޑީސީ ޔުނައިޓެޑުގެ ކެޕްޓަން އަދި އެޓީމުގެ މިސީޒަނުގެ އެންމެ ގިނަ ގޯލު، 12، ޖެހި ކުޅުންތެރިޔާއެވެ.

ރޫނީ ވަނީ ޑީސީ ޔުނައިޓެޑު ލީގުގެ އެންމެ ފުލުން، އެމްއެލްއެސް ޕްލޭއޮފަށް ކޮލިފައި ކޮށްދީފައެވެ. ނަމަވެސް ޕޮލޭއޮފްގެ ފުރަތަމަ ބުރުން އެޓީމު ކެޓީ ޕެނަލްޓީ ޖަހައިގެން ބަލިނުމުންނެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ރޫނީ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!