ފުރަތަމަ ސަފްޙާ / ޚަބަރު / ސީލޭންޑުން ފަހަތުންއަރާ ވިޔަންސާ ބަލިކޮށްފި

ސީލޭންޑުން ފަހަތުންއަރާ ވިޔަންސާ ބަލިކޮށްފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 6 ނޮވެމްބަރު 2018

އެފްއޭއެމް ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނު ގުރޫޕް 5 ގެ ފުރަތަމަ މެޗުގައި ސީލޭންޑް ސްޕޯޓްސް ކުލަބުން ފަހަތުންއަރާ ވިޔަންސާ ބަލިކޮށްފިއެވެ.

މެޗުގެ ތިންވަނަ މިނިޓުގައި ވިޔަންސާގެ ފަޒީލް އިސްމާއިލް އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް ސީސްޕޯޓްސް އިން ވަނީ ފަހަތުން އަރާ ދެލަނޑުޖަހައިގެން މެޗު ކާމިޔާބު ކޮށްފައެވެ.

ސީލޭންޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދިހަވަނަ މިނިޓުގައި އިބްރާހީމް ހަލީމެ ޖަހައިދިން ގޯލަކުންނެވެ. އަދި މޮޅުވި ލަނޑު، ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަބްދުﷲ ޝިފާއު އެވެ.

މިއަހަރުގެ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިހާތަނަށް ފުރަތަމަ ފަސް މެޗު ކުޅެވުނު އިރު، ފުރަތަމަ ހަތަރު މެޗުގައި ވަނީ މޮޅުވި ޓީމުގެ ކުޅުންތެރިއަކު ހެޓްރިކް ހަދާފައެވެ. ފުރަތަމަ މެޗުގައި ރޭޖް ސްޕޯޓްސްގެ ހަސަން ޝާމިހް ހެޓްރިކް ކެދިއިރު ދެވަނަ މެޗުގައި ބުރު ސްޕޯޓްސް ކުލަބުގެ ޝިނާޒް ހިލްމީ ވަނީ މެޗުގައި ހަތަރު ގޯލު ކާމިޔާބު ކޮށްފައެވެ. އަދި ތިންވަނަ މެޗުގައި ލެގޫންސްގެ އާލިމް އަބްދުލް ގައްޔޫމްގެ ފަރާތުން ހެޓްރިކެއް ފެނިފައި ވާއިރު ހަތަރުވަނަ މެޗުގައި ހޮސްކޯވޯގެ އަލީ އުމަރު ވަނީ ހަތަރު ގޯލު ޖަހާފައެވެ.

މިއަދު ހަވީރު މިމުބާރާތުގެ ގުރޫޕް 6 ގެ ފުރަތަމަ މެޗު ކުޅެވިގެންދާއިރު ބައްދަލުކުރާނީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އާއި އެލްކިއު ސްޕޯޓްސް ކުލަބެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!