ފުރަތަމަ ސަފްޙާ / ޚަބަރު / ކާޑިފް އަތުން މޮޅުވެ، ލެސްޓާ ތައިލެންޑަށް

ކާޑިފް އަތުން މޮޅުވެ، ލެސްޓާ ތައިލެންޑަށް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 3 ނޮވެމްބަރު 2018

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ކާޑިފް ސިޓީ އަތުން ލެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

މިރޭގެ މެޗަކީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަތުރުކުރި ހެލިކޮޕްޓަރު ކުއްލިގޮތަކަށް ވެއްޓުނު ހާދިސާގައި ލެސްޓާ ސިޓީގެ ވެރިޔާ، ތައިލެންޑުގެ ބިލިޔަނަރު ވިޗާއީ ސްރިވަދަނަޕްރަވާ އަވަހާރަވި ހާދިސާއަށްފަހު އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. މިމެޗު ލެސްޓާއިން ކާމިޔާބުކުރީ 1-0 އިންނެވެ.

ލެސްޓާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 55 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޑެމަރާއީ ގްރޭ އެވެ. ބެން ޗިލްވެލް އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ، ގްރޭ މުޅިން ހުސްކޮށްހުރެ އެއްފަހަރުން ވަނީ ގޯލުގެތެރެއަށް ވައްދާލާފައެވެ. ގްރޭގެ މި ގޯލު އޭނާވަނީ ވިޗާއީ އަށް ހާއްސަ ކޮށްފައެވެ. ގޯލު ޖެހުމަށްފަހު ގްރޭ ޖޯޒީ ބާލައި އުފާފާޅުކުރިއިރު، އޭނާގެ ބޮޑީޝޫޓުގައި “ފޯ ކުން ވިޗާއީ” މިހެން ލިޔެފައި ވެއެވެ.

މިމެޗު ބަލަން ދަނޑަށްވަން ލެސްޓާ ސަޕޯޓަރުން ވަނީ ވިޗާއީގެ ނަން ޖަހާފައިވާ ބެނާތަކާއި ޓީޝާޓުތައް ބޭނުންކޮށްފައެވެ.

މެޗަށްފަހު ވިޗާއީގެ ޖަނާޒާގައި ބައިވެރިވުމަށް ލެސްޓާ ސިޓީގެ ހުރިހާ ކުޅުންތެރިންވަނީ ތައިލެންޑަށް ފުރާގޮތަށް ހަމަގެހިފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!