ފުރަތަމަ ސަފްޙާ / ޚަބަރު / ފަހަތުން އަރާ ލެގޫންސްއިން ސީބީއެލް ބަލިކޮށްފި

ފަހަތުން އަރާ ލެގޫންސްއިން ސީބީއެލް ބަލިކޮށްފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 6 ނޮވެމްބަރު 2018

މިހާރު ކުރިއަށްދާ އެފްއޭއެމް ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު މެޗުގައި ފަހަތުން އަރާ 4-2 އިން ލެގޫންސް ސްޕޯޓްސް ކުލަބުން ސީބީއެލް ސްޕޯޓްސް ކުލަބު ބަލިކޮށްފިއެވެ.

އެފްއޭއެމް އެއް ނަންބަރު ޓާފް ގައި ކުޅެވުނު ގުރޫޕް 3 ގެ މިމެޗުގެ ހަވަނަ މިނިޓުގައި ސީބީއެލް އަށް ލީޑު ނަގައިދިނީ އަހުމަދު އަދުހަމް އެވެ. އެއަށްފަހު ލެގޫންސްގެ ރިމާހު އަހުމަދު ވަނީ މެޗުގެ 24 ވަނަ މިނިޓުގައި ލެގޫންސް އަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ އާލިމް އަބްދުލް ގައްޔޫމް ވަނީ ގާތްގާތުގައި ދެގޯލުޖަހާ ނަތީޖާ 3-1 އަށް ބަދަލު ކޮށްލާފައެވެ.

އާލިމް ވަނީ މެޗުގެ 73 ވަނަ މިނިޓުގައި ލެގޫންސްގެ ހަތަރުވަނަ ލަނޑުޖަހާ ، އޭނާގެ ހެޓްރިކް ވެސް ފުރިހަމަ ކޮށްފައެވެ. މިއީ މިއަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ފެނުނު ތިންވަނަ ހެޓްރިކެވެ. ސީބީއެލްގެ ދެވަނަ ލަނޑު، ފުރިހަމަ ވަގުތު ހަމަވާން ފަސްމިނިޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ އާދަމް އަފީފެވެ.

މިމުބާރާތުގައި މާދަމާ ކުޅެވިގެންދާނީ ގުރޫޕް 4 ގެ އޮފް އެފްސީ އާއި ސްޕޯޓްސް ކުލަބް ހޮސްކޮވޯ ބައްދަލުކުރާ މެޗެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!