ފުރަތަމަ ސަފްޙާ / ޚަބަރު / އާސެނަލް ހަތަރު ގޯލު ޖެހިއިރު ޗެލްސީ މޮޅުވީ އުނދަގުލުން

އާސެނަލް ހަތަރު ގޯލު ޖެހިއިރު ޗެލްސީ މޮޅުވީ އުނދަގުލުން

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 21 ސެޕްޓެމްބަރު 2018

އާ ސީޒަނަށް ޔޫއެފާ ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ރޭ ފަށާފައިވާއިރު އިނގިރޭސި ކުލަބް އާސެނަލް އިން ޔޫކްރެއިންގެ ވޯސްކްލާ ކޮޅަށް ހަތަރު ގޯލު ޖެހި ނަމަވެސް ޗެލްސީއަށް ގްރީސްގެ ޕާއޯކް އަތުން ލިބުނީ އުނދަގޫ މޮޅެކެވެ.

އާސެނަލް އިން ވޯސްކްލާގެ މައްޗަށް ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. އައުބަމެޔަންގްގެ ގޯލަކުން ފުރަތަމަ ހާފު ނިންމާލިއިރު އާސެނަލްއިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅު އިތުރު ތިން ގޯލު ޖަހާ ބޮޑު ލީޑެއް ނަގާފައެވެ. އެޓީމުގެ ދެވަނަ ލަނޑު ޑެނީ ވެލްބެކް ކާމިޔާބުކުރީ މިކިތާރިއަން ނަގައިދިން ހުރަހަކުން ބޮލުންޖަހައެވެ. ތިންވަނަ ލަނޑު ޖެހީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޕިއާ-އެމެރިކް އައުބަމެޔަންގް އެވެ. ހަތަރުވަނަ ގޯލު މެސުޓް އޮޒިލް ކާމިޔާބު ކޮށްދިންއިރު އޭގެފަހުން ވޯސްކްލާއިން ވަނީ ދެ ލަނޑު ޖަހާ، ފަރަގު ކުޑަކޮށްފައެވެ.

ކޯޗު އެމެރީ ރޭގެމެޗުގައި އާސެނަލްގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރީ މިސީޒަނުގައި އަލަށްގެނައި ޖަރުމަނުގެ ބާނާޑް ލެނޯއަށެވެ. މިއީ ޖަރުމަނުގެ ބެޔާ ލެވެކޫސަންއިން 22.5 މިލިއަން ޕައުންޑަށް ގެނައި 26 އަހަރުގެ ކީޕަރު އާސެނަލްގެ ޖާޒީގައި ކުޅުނު ފުރަތަމަ ވާދަވެރި މެޗެވެ.

ޗެލްސީއިން ވެސް ފުރަތަމަ މެޗުން ރަށުން ބޭރުގައި ތިން ޕޮއިންޓް ނެގިއިރު އެޓީމުން ޕާއޯކް ބަލިކުރީ 1-0 އިންނެވެ. ޗެލްސީއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މިމެޗުގައި އެޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔަނަމަވެސް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖަހައިދިނީ  ފުރަތަމަ ހާފުގައި، މިމެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެން ނުކުތް ވިލިއަން އެވެ.

???? Early kick-off results! ????

Who surprised you? ????
Who looks set for a title charge? ????#UEL pic.twitter.com/rYoQOKJAXG

— UEFA Europa League (@EuropaLeague) September 20, 2018

މެޗަށް ނުކުތްއިރު ޗެލްސީގެ ހަޒާޑަށް ކޯޗު ސާރީ ރެސްޓް ދީފައި ވާއިރު މިއީ 2013 ވަނަ އަހަރު ޗެލްސީއިން ޔޫރޮޕާ ލީގުގެ ތަށި އުފުލާލުމަށްފަހު މިމުބާރާތުގައި އެޓީމުން ކުޅުނުު ފުރަތަމަ މެޗެވެ. އަދި މިމޮޅަކީ ޗެލްސީއިން މިސީޒަނުގައި ޖެހިޖެހިގެން މޮޅުވި ހަވަނަ މެޗެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅެވުނު އިތުރު މެޗުތަކަށް ބަލާލާއިރު ގޮންޒާލޯ ހިގައިންގެ ހަމައެކަނި ލަނޑުން އިޓަލީގެ އޭސީ މިލާން ވަނީ ލަކްޒެމްބާގްގެ އެފް91 ޑޫޑެލަންގ ބަލިކޮށްފައެވެ. ސްޓީވަން ޖެރާޑްގެ ރޭންޖާސް ރަށުން ބޭރުގައި ސްޕެއިންގެ ވިލަރެއާލް އަތުން ޕޮއިންޓެއް ހޯދިއިރު ސެވިއްޔާއިން ވަނީ ފަސޭހަކަމާއެކު ބެލްގިއަމްގެ ސްޓެންޑާޑް ލީޖް ބަލިކޮށްފައެވެ.

???? Late kick-off results! ????

???? Most impressive win tonight?#UEL pic.twitter.com/dC2s8l7333

— UEFA Europa League (@EuropaLeague) September 20, 2018

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!