ފުރަތަމަ ސަފްޙާ / ޚަބަރު / ޔޫތު ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލްމެޗު މިރޭ!
ފަހުމިނެޓް

ޔޫތު ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލްމެޗު މިރޭ!

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 16 ސެޕްޓެމްބަރު 2018

ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނުން ޖަޕާނުގެ ފުޓުބޯޅަ އެސޯސިއޭޝަނާ ގުޅިގެން ބާއްވަމުން އަންނަ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުގައި މިރޭ ކުލަބް އީގަލްސް އާއި ކުލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާނެއެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައި ވަނީ ހަތަރު ކުލަބަކުންނެވެ. އީގަލްސް އާއި ގްރީން ސްޓްރީޓްސްގެ އިތުރުން ނިއުރޭޑިއަންޓާއި މާޒިޔާ ބައިވެރިވި މިފަހަރުގެ މުބާރާތް ކުރިއަށްދިޔައީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެފަހަރު ބައްދަލުކޮށް، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލަށް ދާގޮތަށެވެ.

ލީގު ބުރު ނިމުނުއިރު ތާވަލުގެ އެންމެ ކުރީގައި ނިންމީ މުބާރާތުގެ އެންމެ ކާމިޔާބު ކުލަބް، ކުލަބް އީގަލްސް އެވެ. ގްރީން ސްޓްރީޓްސްއިން ދެވަނައިގައި ނިންމިއިރު ތިންވަނައިގައި އޮވެ މުބާރާތް ނިންމާލީ މާޒިޔާއެވެ.

2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް ނުބާއްވާ މެދުކެނޑިފައިވަނީ އެންމެ އަހަރަކުއެވެ. މީގެ ކުރިން 21 އަހަރުން ދަށުގެ މުބާރާތެއްގެގޮތުގައި ކުރިއަށް ގެންދިޔަ ނަމަވެސް މިހާރު މުބާރާތް ކުރިއަށް ގެންދަނީ 19 އަހަރުން ދަށުގެ އުމުރުފުރާއަށް ހާއްސަ ކޮށްގެންނެވެ.

އީގަލްސްއިން ވަނީ އެންމެ ފަހުން މިމުބާރާތް ބޭއްވި ތިންފަހަރުވެސް ޗެމްޕިއަންކަން ހޯދާފައެވެ. މީގެއިތުރުން މާޒިޔާ، ވިކްޓްރީ އަދި ވެލެންސިޔާ ވަނީ މުބާރާތް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

ގަލޮޅު ފުޓުބޯޅަ ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ގަޑިން 21:00 ގައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!