ފުރަތަމަ ސަފްޙާ / ޚަބަރު / ޔުވެންޓަސް އިން މާކީސިއޯ ދޫކޮށްލައިފި

ޔުވެންޓަސް އިން މާކީސިއޯ ދޫކޮށްލައިފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 18 އޮގަސްޓް 2018

އިޓަލީ ގައުމީ ޓީމުގެ މިޑްފީލްޑަރ ކްލައުޑިއޯ މާކީސިއޯ، 25 އަހަރަށްފަހު ޔުވެންޓަސް ދޫކޮށްލައިފިއެވެ.

މާކީސިއޯ ޔުވެންޓަސް ދޫކޮށްލީ، 32 އަހަރުގެ މިޑްފީލްޑަރުގެ ކޮންޓްރެކްޓުގައި އެ ކުލަބާއެކު ބާކީ 2 އަހަރު އޮއްވައި ދެފަރާތުގެ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓް އުވާލައިގެންނެވެ.

ޔުވެންޓަސް އަށް 389 މެޗު ކުޅެދީފައިވާ މާކީސިއޯ ވަނީ އެޓީމާއެކު ހަތް ސެރީ އޭ އަދި ހަތަރު ކޮޕާ އިޓާލިއާގެ އިތުރުން ސެރީ ބީ ވެސް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

އުމުރުން އެންމެ 7 އަހަރުގައި ޔުވެންޓަސްއާ ގުޅުނު މާކީސިއޯ ވަނީ 2016 ވަނަ އަހަރު އޭޕްރީލް މަހު ކަކުލަށް ލިބުނު ގެއްލުމަކާ ގުޅިގެން ހަ މަސްދުވަހު ކުޅުމާ ދުރުގައި ހޭދަކޮށްފައެވެ.

“އަހަރެން މި ކުލަބް ޖާޒީދެކެ ވަރަށް ލޯބިވޭ، ކޮންމެ ކަމެއްވެސް ނިންމާއިރު އަހަރެން ނިންމާނީ ޓީމަށް އެންމެ ރަނގަޅު ގޮތަށް. އަބަދުވެސް.” މާކީސިއޯގެ ޓުވީޓުގައި ބުނެފައި ވެއެވެ.

ޓީމު ދޫކޮށްލަން ނިންމި ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް ޔުވެންޓަސްގެ ވެބްސައިޓުގައި ބުނެފައިވަނީ، މާކީސިއޯ ކުރިމަގުގައި ކޮންމެ ކުލަބެއްގެ ޖާޒީއެއްގައި ފެނިގެން ދިޔަޔަސް، އޭނާއަކީ ޔުވެންޓަސްގެ ކަޅާ ހުދު ޖާޒީގެ ވަރަށް ހާއްސަ ކުޅުންތެރިއެއްކަމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!