ފުރަތަމަ ސަފްޙާ / ޚަބަރު / ކޯޓުއާ އެންމެފަހުން ރިއަލްއަށް، ކޮވަސިކް ޗެލްސީއަށް!

ކޯޓުއާ އެންމެފަހުން ރިއަލްއަށް، ކޮވަސިކް ޗެލްސީއަށް!

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 9 އޮގަސްޓް 2018

ޗެލްސީގެ އެއް ނަމްބަރު ކީޕަރު، ބެލްޖިއަމްގެ ތިބައު ކޯޓުއާ ސްޕެއިންގެ ރިއަލް މެޑްރިޑަށް ބަދަލުވެއްޖެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެ ކްލަބުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މެޓިއޯ ކޮވަސިކް ވަނީ ލޯނު އެއްބަސްވުމުގެ ދަށުން ޗެލްސީއަށް ބަދަލުވެފައެވެ.

ކޯޓުއާ ރިއަލްއަށް ބަދަލުވީ 35 މިލިއަން ޕައުންޑަށެވެ. ރިއަލް އާއި ޗެލްސީއާ ދެމެދުގައި ހެދި އެއްބަސްވުމުގެ ދަށުން ކޮވަސިޗް އެއް ސީޒަން ވަންދެން ޗެލްސީގައި ލޯނުގެ ގޮތުގައި މަޑު ކުރާނެއެވެ.

ކޯޓުއާ ރިއަލް އަށް ސޮއި ކުރީ ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މެޓިއޯ ކޮވަސިކް

ދެހާސް އެގާރަ ވަނަ އަހަރު ޗެލްސީއާ ގުޅުމަށް ފަހު ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ދިޔައީ އެތްލެޓިކޯ މެޑްރިޑަށެވެ. އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު 2014 ވަނަ އަހަރު އަނބުރާ ޗެލްސީއަށް ގޮސް އޭނާ ވަނީ ޕެޓާ ޗެކް އަތުން އެ ކްލަބުގެ އެއް ނަމްބަރު ކީޕަރުކަން އަތުލައިފައެވެ.

އިންޓަ މިލާނުން 2015 ވަނަ އަހަރު ރިއަލްއާ ގުޅުނު ކޮވަސިކް ވަނީ އެ ކްލަބާއެކު ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި އޭނާ އަކީ މި އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ދިޔަ ކްރޮއޭޝިއާ ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިޔެކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!