ފުރަތަމަ ސަފްޙާ / ޚަބަރު / މަލްޑިނީ އެނބުރި އޭސީ މިލާނަށް

މަލްޑިނީ އެނބުރި އޭސީ މިލާނަށް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 6 އޮގަސްޓް 2018

އޭސީ މިލާނުގައި މުޅި ކެރިއަރު ހޭދަކޮށް، އެ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ލެޖްންޑު، ޕައޮލޯ މާލްޑީނީއަށް އެ ކްލަބުގެ ޑިރެކްޓާ އޮފް ސްޓްރެޓަޖިކް ޑިވެލޮޕްމެންޓްގެ މަގާމް ދީފި އެވެ.

އުމުރުން 50 އަހަރުގެ މާލްޑީނީ ވަނީ އޭނާގެ 25 އަހަރުގެ ކެރިއަރުގައި އޭސީ މިލާނަށް 902 މެޗު ކުޅެދީ ހަތް ސެރީ އޭ ތަށި ހޯދުމުގެ އިތުރުން އެ ކްލަބާއެކު ފަސް ޗެމްޕިއަންސް ލީގު ތައްޓާއި އެއް ކޮޕާ އިޓާލިއާ ތަށި ވެސް ހޯދައިފައެވެ. އަދި ކުލަބް ލެވެލްގައި ކުޅެވޭ ހުރިހާ މުބާރާތެއްވެސް މަލްޑިނީ ވަނީ އޭސީ މިލާނުގައި ކާމިޔާބުކޮށްފައެވެ.

މި މަގާމު މާލްޑީނީއަށް ދިނުމާ ބެހޭގޮތުން އޭސީ މިލާންގެ ރައީސް ޕައޮލޯ ސްކަރޯނީ ވިދާޅުވީ މާލްޑީނީ ކުޅުންތެރިއެއްގެ ގޮތުގައި ކުލަބާއެކު ކާމިޔާބު ހޯދި މަންޒަރު ފެނުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އޭނާއާ އެކު ކްލަބުގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ސަކްރޯނީ ވިދާޅުވިއެވެ.

މާލްޑީނީއަށް ޑިރެކްޓާ އޮފް ސްޓްރެޓަޖިކް ޑިވެލޮޕްމެންޓްގެ މަގާމް ދީފައި މިވަނީ، އޭސީ މިލާނަށް ކުރިން ކުޅުނު، އަދި އެ ކްލަބުގެ ހެޑް ކޯޗްކަން ކޮށްދިން ލިއަނާޑޯ އެ ކްލަބުގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް ހަމަޖެއްސިތާ ހަފްތާއެއް ފަހުންނެވެ.

ދުނިޔޭގެ ތާރީހުގައި ދުށް އެންމެ ކާމިޔާބު އެއް ޑިފެންޑަރުގެގޮތުގައި ގިނަބަޔަކު ގަބޫލުކުރާ މާލްޑީނީ އޭނާގެ ސީނިއާ ކެރިއަރު ފެށީ އުމުރުން 17 އަހަރުގައެވެ. އޭނާ 2009 ވަނަ އަހަރު ކެރިއަރު ނިންމާލުމުގެ ކުރިން އިޓަލީގެ ގައުމީ ޓީމަށް ވެސް 126 މެޗު ކުޅެދީފައިވެއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!