ފުރަތަމަ ސަފްޙާ / ޚަބަރު / ގައުމީ ފުޓްބޯޅަ ޓީމަށް ރައީސް ހިތްވަރު ދެއްވައިފި

ގައުމީ ފުޓްބޯޅަ ޓީމަށް ރައީސް ހިތްވަރު ދެއްވައިފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 2 އޮގަސްޓް 2018

އަންނަ މަހު ބަންގްލަދޭޝްގައި ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހިތްވަރު ދެއްވައިފިއެވެ.

ރައީސް ގައުމީ ޓީމަށް ހިތްވަރު ދެއްވެވީ ސްޕޯޓް އެރީނާ ފުޓްސަލް ދަނޑުތައް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ރޭ ދަރުބާރު ގޭގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައެވެ. ގައުމީ ޓީމުގެ ކުޅުންތެރިން އަދި މޭނޭޖްމަންޓާއި ބައްދަލުކޮށް ހިތްވަރު ދެއްވަމުން ރައީސް ވިދާޅުވީ މި މުބާރާތުގައި މޮޅަށް ކުޅެ ފާހަގަ ކުރެވޭފަދަ ކާމިޔާބީއެއް ހޯދުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ކުޅުންތެރިންނާ މުހާތަބުކޮށް ރައީސް ވިދާޅުވީ ރާއްޖެއަކީ މުބާރާތް ކާމިޔާބު ކުރެވޭފަދަ ގާބިލްކަން ހުރި ޓީމެއް ކަމަށާއި، މި ސަރަހައްދުގައިވެސް ރާއްޖެއަކީ އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމުކަމަށެވެ. 2008 ވަނަ އަހަރު މި މުބާރާތް ރާއްޖޭން ކާމިޔާބު ކުރުމަކީ ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު ސާބިތުކޮށްދޭ ކަމެއްކަމަށް ވިދާޅުވަމުން އެމަނިކުފާނު އެދިވަޑައިގަތީ މިފަހަރުވެސް އެ ކާމިޔާބު ތަކުރާރު ކުރެއްވުމަށެވެ.

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ އަންނަމަހުގެ 4 އިން 15 އަށް ބަންގްލަދޭޝްގައެވެ. މިހާތަނަށް މި މުބާރާތް ރާއްޖެއަށް ކާމިޔާބު ކުރެވިފައިވަނީ 2008 ވަނަ އަހަރު އެކަންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!