ފުރަތަމަ ސަފްޙާ / ޚަބަރު / ސެވިއްޔާގެ ޑިފެންޑަރ ލެންގްލެޓް ބާސާއަށް

ސެވިއްޔާގެ ޑިފެންޑަރ ލެންގްލެޓް ބާސާއަށް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 12 ޖުލައި 2018

ސްޕެއިންގެ ސެވިއްޔާއަށް ކުޅެމުން އަންނަ ފްރާންސްގެ އުމުރުން 23 އަހަރުގެ ޑިފެންޑަރ ކްލެމެންޓް ލެންގްލެޓް 5 އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއަށް ބަދަލުވެއްޖެއެވެ.

2017 ވަނަ އަހަރުގެ ފްރާންސްގެ ނޭންސީއިން ސެވިއްޔާއަށް ބަދަލުވި ޑިފެންޑަރު ވަނީ އެޓީމަށް 52 މެޗު ކުޅެދީ 4 ގޯލް ކާމިޔާބު ކޮށްދީފައެވެ.

ލެންގްލެޓް ބާސެލޯނާއަށް ބަދަލުވީ 35.9 މިލިއަން ޕައުންޑުގެ އަގަކަށެވެ. އަދި ބާސެލޯނާއިން ވަނީ އޭނާގެ ރިލީސް ކްލޯސްގެ ގޮތުގައި 300 މިލިއަން ޕައުންޑް ކޮންޓްރެކްޓްގައި ހިމަނާފައެވެ.

ނިމިގެންދިޔަ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އިންގްލެންޑުގެ މެންޗެސްޓަރ ޔުނައިޓެޑް ކަޓުވާލުމަށްފަހު ސެވިއްޔާ ކުއާޓާރ ފައިނަލަށް ދަތުރުކުރި މެޗުގެ ދެ ލެގުގައިވެސް އޭނާ ކުޅެފައިވެއެވެ.

ބާސެލޯނާއިން ބުނެފައިވަނީ، އޭނާއަކީ މިހާރު ދުނިޔޭގައި ތިބި މޮޅު ޑިފެންޑަރުންގެ ލިސްޓުގައި ގުނާލެވޭ ކުޅުންތެރިއެއްކަމަށެވެ. ބާސެލޯނާގައި މިހާރުވެސް ސެންޓަރ ބެކުންގެ ގޮތުގައި ސެމިއުލް އުމްޓިޓީ އާއި، ޖެރާޑް ޕީކޭ އާއި، ތޯމަސް ވަމައިލަންގެ އިތުރުން ޔެރީ މީނާވެސް ހިމެނެއެވެ.

ބްރެޒިލްގެ މިޑްފީލްޑަރ އާރތަރ

ބާސެލޯނާއިން ވަނީ މި ޓްރާންސްފާރ ބާޒާރުގައި 40 މިލިއަން ޕައުންޑުގެ އަގަކަށް ބްރެޒިލްގެ ގްރެމިއޯ އަށް ކުޅެމުން އަންނަ އާރތާރގެ ސޮއިވެސް ހޯދާފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!