ފުރަތަމަ ސަފްޙާ / ޚަބަރު / ފިރިހެން ފުޓްސަލް ޓީމުގެ ފުރަތަމަ މެޗު މިއަދު، ޔެސް ޓީވީ އިން ދައްކާނެ

ފިރިހެން ފުޓްސަލް ޓީމުގެ ފުރަތަމަ މެޗު މިއަދު، ޔެސް ޓީވީ އިން ދައްކާނެ

އެޑްމިން
އެޑްމިން
1 މަސް ކުރިން 14 ޖެނުއަރީ 2026

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުގެ ފުރަތަމަ މެޗުގައި މިއަދު ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ހަތް ގައުމަކުން ވާދަކުރެ އެވެ.

ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި މިއަދު މެންދުރު 12 ޖަހާއިރު ސްރީ ލަންކާ އާއި ބޫޓާން ވާދަކުރާނެ އެވެ. މިއަދު 3 ޖަހާއިރު ކުޅޭ މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުންނާނީ ބަންގްލަދޭޝް އެވެ. ރާއްޖެ އާއި ޕާކިސްތާން ވާދަކުރާ މެޗު ފަށާނީ މިއަދު އިރުއޮއްސި 6 ޖަހާއިރު އެވެ. މި މެޗު ޔެސް ޓީވީ އިން ލައިވްކުރާނެ އެވެ.

ރާއްޖޭގެ ދެވަނަ މެޗުގައި ޖަނަވަރީ 16 ވަނަ ދުވަހު ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ތިން ވަނަ މެޗުގައި ޖަނަވަރީ 20 ވަނަ ދުވަހު ކުޅޭނީ އިންޑިއާއާ އެވެ. ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅޭއިރު ފަސް ވަނަ މެޗުގައި ޖަނަވަރީ 24 ވަނަ ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ލީގު ބުރުގެ ފަހު މެޗުގައި ޖަނަވަރީ 26 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ސްރީ ލަންކާއާ އެވެ.

މުބާރާތް ކުރިއަށްދާނީ ލީގު ފޯމެޓަށް ކުޅެ، އެންމެ ކުރި ލިބޭ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

މުބާރާތުގައި ވާދަކުރާ އެހެން ގައުމުތަކާ ބަލާއިރު، ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ދުރާލާ ތައްޔާރުވާން ފަށައިފަ އެވެ. އެގޮތުން، ގައުމީ ފުޓްސަލް ޓީމުގެ ކޯޗުކަމަށް އުޒްބެކިސްތާނުގެ ފާރޫކް ޒަކީރޯވް ހަމަޖެއްސައި މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން ޕްރެކްޓިސްތައް ފެށި އެވެ. އަދި، ޗައިނާއިން ޓްރެއިނިން ކޭމްޕެއް ގައުމީ ޓީމަށް ހޯދައިދީ އިންޑޯގައި ޕްރެކްޓިސް ކުރުމުގެ ފުރުސަތު އެފްއޭއެމުން ގައުމީ ފުޓްސަލް ޓީމަށް ފަހިކޮށްދިނެވެ.

ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު އިއްޔެ ވަނީ ބައިނަލްއަގްވާމީ ފުރަތަމަ ފުޓްސަލް މެޗު ކުޅެފަ އެވެ. އިންޑިއާއާ ވާދަކޮށް އެ މެޗުން އަންހެން ޓީމު ބަލިވީ 11-1 އިންނެވެ.

މުބާރާތަށް ނެގި ގައުމީ ފުޓްސަލް ޓީމުގެ ފައިނަލް ސްކޮޑް:

އިބްރާހިމް ނާޖިހު – ގޯލްކީޕަރު

ޒައިދާން އަހުމަދު (އަސޫ) – ގޯލްކީޕަރު

މުހައްމަދު އިމްރާން (އިންމި)

އަލީ ޝިޔާހު (ޝިޔަޅޭ)

އަހުމަދު ހަމީދު (އައްމަޑޭ)

އިޝާން އިބްރާހިމް (ސައްޓު)

އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)

ހުސެއިން ޝަރީފް (އޮންލީ)

އަބްދުﷲ ޝާފިއު (ޝާއްޕެ)

އަލީ ޝަމާލް އަބްދުﷲ (ޝަންމު)

ހުޒައިފަތު ރަޝީދު (ހުޒޭ)

އަބްދުﷲ ޖުނައިދު (ޖެންނޭ)

އަލީ ހައިޝަމް (ޗުމްޕު)

ހުސެއިން ސުހައިލް (ސޮކޭ)

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!