ފުރަތަމަ ސަފްޙާ / ޚަބަރު / އޮފީސް ލީގުގެ އަސްލު ވާދަވެރިކަން މިރޭ ފެށެނީ

އޮފީސް ލީގުގެ އަސްލު ވާދަވެރިކަން މިރޭ ފެށެނީ

އެޑްމިން
އެޑްމިން
9 މަސް ކުރިން 28 އެޕްރީލް 2025

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އޮފީސް ލީގުގެ ގަދަ 16 ގެ މެޗުތައް މިރޭ ފަށާނެ އެވެ.

ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކުރާ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުނީ ރެ އެވެ. އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 29 ޓީމު ވާދަކުރި އެވެ.

ގަދަ 16 އިން ފުރުސަތު ހޯދީ ޝީޝާ، ޓްރޭޑް ކްލަބް، ދަރުމަވަންތަ، ސްމާޓް އޯން އެފްސީ، ކަސްޓަމްސް، ކުޅިވަރު ވުޒާރާ، ޕޮލިސް ކްލަބް، ހުޅުމާލެ ހޮސްޕިޓަލް، ބީއެމްއެލް، ސިލްވާ ސޭންޑްސް، ހައްޖު ކްލަބް، ސްޓެލްކޯ، ވެމްކޯ، ސިޓީސް މިނިސްޓްރީ، މިފްކޯ އަދި ފެނަކަ އެވެ.

ގްރޫޕް އޭ އިން އެއްވަނަ ޝީޝާ ހޯދިއިރު ދެވަނަ ލިބުނީ ޓްރޭޑް ކްލަބަށެވެ. ގްރޫޕް ބީގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވި ދަރުމަވަންތަ އެވެ. ދެވަނަ ހޯދީ ސްމާޓް އޯން އެފްސީ އެވެ. ގްރޫޕް ސީގެ އެއްވަނަ ކުޅިވަރު ވުޒާރާ ހޯދިއިރު ދެވަނަ ލިބުނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބަށެވެ. ގްރޫޕް ޑީގެ އެއްވަނަ ޕޮލިސް ކްލަބް ހޯދިއިރު ދެވަނަ ލިބުނީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

ގްރޫޕް އެފްގެ އެއްވަނަ ބީއެމްއެލް އަށް ލިބުނުއިރު ރޭ އެ ގްރޫޕުގެ ދެވަނަ ޖާގަ ކަށަވަރުކުރީ މިފްކޯ އެވެ. ގްރޫޕް އެފްގެ އެއްވަނަ ހޯދީ ސިލްވާސޭންޑްސް އެވެ. ދެވަނަ ލިބުނީ ޕްލޭއޮފް މެޗުން މޮޅުވި ހައްޖު ކްލަބަށެވެ. ގްރޫޕް ޖީގެ އެއްވަނަ ދެމެޗުން މޮޅުވެ ހޯދީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބެވެ. ދެވަނަ ލިބުނީ ޕްލޭއޮފްގައި ކްލަބް ވެލިގާ ބަލިކުރި ވެމްކޯ އަށެވެ.

ގްރޫޕް އެޗްގެ އެއްވަނަ ހޯދީ ދެ މެޗުން މޮޅުވި ފެނަކަ އެވެ. ޕްލޭއޮފްގައި މޯލްޑިވްސް އިސްލާމިކް ބޭންކް ބަލިކޮށް ގަދަ 16 ކަށަވަރުކުރީ ސިޓީސް މިނިސްޓްރީ އެވެ.

ގަދަ 16 ގެ ފުރަތަމަ ހަތަރު މެޗު ކުޅޭނީ މިރެ އެވެ. ބާކީ ހަތަރު މެޗު އޮންނާނީ މާދަމާ ރެ އެވެ. ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މެއި 2 ވަނަ ދުވަހު އެވެ. ސެމީ ފައިނަލް މެއި 5 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅޭނީ މެއި 9 ވަނަ ދުވަހު އެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

ގަދަ 16 ގެ މެޗުތައް

ޝީޝާ – ހުޅުމާލެ ހޮސްޕިޓަލް (20:00 – މިރޭ)

ދަރުމަވަންތަ – ކަސްޓަމްސް ރެކްރިއޭޝަން (21:00 – މިރޭ)

ކުޅިވަރު ވުޒާރާ – ސްމާޓް އޯން އެފްސީ (22:00 – މިރޭ)

ޕޮލިސް ކްލަބް – ޓްރޭޑް ކްލަބް (23:00 – މިރޭ)

ބީއެމްއެލް – ސިޓީސް މިނިސްޓްރީ (20:00 – އަންގާރަ)

ސިލްވާ ސޭންޑްސް – ވެމްކޯ (21:00 – އަންގާރަ)

ސްޓެލްކޯ – ހައްޖު ކްލަބް (22:00 – އަންގާރަ)

ފެނަކަ – މިފްކޯ  (23:00 – އަންގާރަ)

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!