ފުރަތަމަ ސަފްޙާ / ޚަބަރު / މެޑްޓެކް ބަލިކޮށް ނޮކައުޓް ބުރުގެ ފަހު ޖާގަ މިފްކޯ އަށް

މެޑްޓެކް ބަލިކޮށް ނޮކައުޓް ބުރުގެ ފަހު ޖާގަ މިފްކޯ އަށް

އެޑްމިން
އެޑްމިން
9 މަސް ކުރިން 28 އެޕްރީލް 2025

މިހާރު ކުރިއަށްދާ އޮފީސް ލީގުގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ރޭ މެޑްޓެކް 0-4 އިން ބަލިކޮށް މިފްކޯއިން ނޮކައުޓް ބުރުގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ.

ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ރޭ ކުޅުނީ ގްރޫޕް އީގެ ފަހު މެޗެވެ.

އެ ގްރޫޕުން ގަދަ 16 އަށް ކޮލިފައިވީ ބީއެމްއެލް އާއި މިފްކޯ އެވެ. މެޑްޓެކް ތިނަ ވަނަ އަށް ދިޔައިރު ފުލަށް ދިޔައީ ތިން މެޗުން ބަލިވި އެންޓްރެކެވެ.

ބީއެމްއެލް އާއި މިފްކޯ އަށް 7 ޕޮއިންޓް ލިބުނުއިރު މިފްކޯ ދެވަނަ އަށް ދިޔައީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މިފްކޯ ވަނީ ފުރަތަމަ މެޗުގައި އެންޓްރެކް 2-3 އިން ބަލިކޮށްފަ އެވެ. އެކަމަކު ދެވަނަ މެޗުގައި ބީއެމްއެލްއާ ވާދަކޮށް އެއްވަރުވީ އެވެ.

ރޭގެ މެޗަށް ނުކުތްއިރު މޮޅުވެގެން މެޑްޓެކަށް ވެސް އަނެއް ބުރަށް ދިއުމުގެ ފުރުސަތު އޮތެވެ. މެޗުގައި މިފްކޯގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހުސައިން ޒާހިދު އާއި މުހައްމަދު ސާއިދުގެ އިތުރުން އައްފާން އަބްދުއްލަތީފް އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހީމް މިޒްޔާނެވެ.

ގަދަ 16 ފުރުސަތު ހޯދީ މިފްކޯގެ އިތުރުން، ޝީޝާ، ޓްރޭޑް ކްލަބް، ދަރުމަވަންތަ، ސްމާޓް އޯން އެފްސީ، ކަސްޓަމްސް، ކުޅިވަރު ވުޒާރާ، ޕޮލިސް ކްލަބް، ހުޅުމާލެ ހޮސްޕިޓަލް، ބީއެމްއެލް، ސިލްވާ ސޭންޑްސް، ހައްޖު ކްލަބް، ސްޓެލްކޯ، ވެމްކޯ، ސިޓީސް މިނިސްޓްރީ އަދި ފެނަކަ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮފީސް ލީގު ބާއްވަނީ ބިގް ގޭމް މޯލްޑިވްސް އިންނެވެ. މިއަހަރުގެ މުބާރާތުގައި 29 ޓީމަކުން ގްރޫޕް ސްޓޭޖުގައި ވާދަކުރި އެވެ.

މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅެނީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގަ އެވެ. މުބާރާތުގެ ގަދަ 16 ގެ މެޗުތައް މިރޭ ކުޅޭނެ އެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!