ފުރަތަމަ ސަފްޙާ / ޚަބަރު / ސްޕެއިންގެ ކޯޗަކަށް ހިއޭރޯ

ސްޕެއިންގެ ކޯޗަކަށް ހިއޭރޯ

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 8 ޖުލައި 2018

ފީފާ ވޯލްޑް ކަޕްގައި ސްޕެއިން، ޕޯޗުގަލް އާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު ފެށެން 48 ގަޑިއިރަށް ވެފައިނިކޮށް އެޓީމުގެ ކޯޗު ޖޫލެން ލޮޕެޓީގު މަޤާމުން ވަކިކޮށް، ކުރީގެ ކެޕްޓަން ފެނާންޑޯ ހިއޭރޯއާ ސްޕެއިން ޓީމުގެ ކޯޗުކަން ސްޕެނިޝް ފެޑެރޭޝަނުން ހަވާލުކޮށްފި އެވެ.

ލޮޕެޓީގު މަޤާމުން ވަކިކުރީ، ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނަށް އެންގުމަކާ ނުލައި، ވޯލްޑް ކަޕަށް ފަހު ސްޕްއިންގެ އެންމެ ބޮޑު ކުލަބު ރެއާލް މެޑްރިޑާ ހަވާލުވާން އޭނާ ނިންމުމުންކަމަށް ބުނެއެވެ. ލޮޕެޓީގު މަޤާމުން ވަކިކުރިއިރު އޭނާ ވަނީ މިއަހަރުގެ މެއި މަހު ސްޕެއިނާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2020 ވަނަ އަހަރާ ހަމައަށް އާ ކޮށްފައެވެ.

ލޮޕެޓީގު

ސްޕެއިން ޓީމުގެ ސްޕޯޓިން ޑިރެކްޓަރުގެ މަޤާމުގައި ހުރި ހިއޭރޯ 2015 ވަނަ އަހަރު ރެއާލް މެޑްރިޑްގެ އެސިސްޓަންޓު ކޯޗުކަން ކޮށް، 17/2016 ސީޒަންގައި ސްޕެއިންގެ ދެވަނަ ޑިވިޝަން ޓީމެއް ކަމަށްވާ ރެއާލް އޮވިއެޑޯގެ ހެޑް ކޯޗުކަން ކޮށްފައިވެއެވެ.

ގައުމީ ޓީމަށް 89 މެޗު ކުޅެދީ 29 ގޯލް ޖަހާފައިވާއިރު، ރެއާލް މެޑްރިޑަށް 400 އަށްވުރެ ގިނަ މެޗު ކުޅެދީ 100 އަށްވުރެ ގިނަ ގޯލް ޖަހާފައިވާ ޑިފެންޑަރު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ސްޕެއިން ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ތެރޭގައި ސްޕެއިން ހިމެނޭއިރު، ލޮޕެޓީގުގެ ކޯޗުކަމުގެ ދަށުން ކުޅުނު 20 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. 14 މެޗުން މޮޅުވެފައިވާއިރު، 6 މެޗު އެއްވަރުވެފައިވެއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!