ފުރަތަމަ ސަފްޙާ / ޚަބަރު / މެންޗެސްޓާ ޔުނައިޓެޑަށް ޓުޗެލް ދާހިތެއް ނުވޭ
ފަހުމިނެޓް

މެންޗެސްޓާ ޔުނައިޓެޑަށް ޓުޗެލް ދާހިތެއް ނުވޭ

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 10 ޖޫން 2024

މިދިޔަ ސީޒަންގައި ބަޔާން މިޔުނިކްގެ ކޯޗަކަށް ހުރި ތޯމަސް ޓުޗެލް މެންޗެސްޓާ ޔުނައިޓެޑަށް ދާން ބޭނުން ނުވާކަން ހާމަވެއްޖެއެވެ.

ޖަރުމަނަށް އުފަން އުމުރުން 50 އަހަރުގެ ޓުޗެލްއަކީ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން އެރިކް ޓެން ހާގް ވަކިކޮށްފިކަމަށްވާނަމަ އޭނާގެ ބަދަލުގައި އެކުލަބަށް ގެންދަން މަސައްކަތްކުރާނެ ކަމަށް ގަބޫލުކުރެވޭ ކޯޗުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

މެންޗެސްޓާ ޔުނައިޓެޑަށް އާ ކޯޗަކު ގެނައުމުގެ އަޑުތައް ގަދަވެފައިވަނީ މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގައި ޓީމަށް ލިބުނު ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. މިދިޔަ ސީޒަންގެ އެފްއޭ ކަޕް ޔުނައިޓެޑުން ކާމިޔާބުކުރި ނަމަވެސް ޕްރިމިއާ ލީގު އެ ޓީމަށް ނިންމާލަންޖެހުނީ އަށް ވަނައިގައި އޮވެގެންނެވެ. އެންމެ 58 ޕޮއިންޓް ލިބުނުއިރު ފައިދާ ގޯލަށް ވުރެ ގެއްލުން ގޯލު ގިނަ އެވެ.

ކުރިން ޕީއެސްޖީއާއި، ޗެލްސީގެ ހެޑް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވާ ޓުޗެލް ޔުނައިޓެޑްގެ އެއް ހިއްސާދާރު ކަމަށްވާ ސާ ޖިމީ ރަޓްކްލިފްއާ ފްރާންސްގައި ބައްދަލުކޮށްފައިވާކަމަށް ބެލެވޭ ކަމެއް ބީބީސީގައި ރިޕޯޓްކޮށްފައިވެ އެވެ. އަދި އެ ބައްދަލުވުމުގައި ޓުޗެލް ބްރޭކެއް ނަގަން ބޭނުންވާ ވާހަކަ ރަޓްކްލިފް ގާތު ބުނެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.

ޔުނައިޓެޑަށް މިދިޔަ ދެ ސީޒަންގައި އިރުޝާދުދިން ޓެން ހާގްގެ މަގާމާ މެދު ވަކި ގޮތެއް ޔުނައިޓެޑުން ނިންމާނީ މިދިޔަ ސީޒަންގެ ޕާފޯމެންސްއާ ގުޅޭގޮތުން ހަދަމުން އަންނަ އެސެސްމަންޓް ނިމުމުން ކަމަށް އެނގިފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!