ފުރަތަމަ ސަފްޙާ / ޚަބަރު / މަގޫދޫ އެލް4 ކަޕް: ޕަވަރ އެޓޭކް ދެ ވަނަ މެޗުން ވެސް މޮޅުވެއްޖެ

މަގޫދޫ އެލް4 ކަޕް: ޕަވަރ އެޓޭކް ދެ ވަނަ މެޗުން ވެސް މޮޅުވެއްޖެ

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 14 އެޕްރީލް 2024

ފ. މަގޫދޫގައި އެ އަތޮޅަށް ހުޅުވާލައިގެން މިހާރު ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުން ވެސް ޕަވަރ އެޓޭކް މޮޅުވެއްޖެ އެވެ.

މަގޫދޫ އަށް ނިސްބަތްވާ ޕަވަރ އެޓޭކް ރޭ މޮޅުވީ ދަރަނބޫދޫގެ ގަޓް ސިޓީއާ ވާދަކޮށް 6-2 އިންނެވެ. މެޗުގައި ޕަވަރ އެޓޭކް ޓީމުގެ އަބްދުﷲ ލޫތު އިބްރާހީމް ހަތަރު ގޯލު ޖެހި އެވެ. އަނެއް ގޯލު ޖެހީ މުހައްމަދު ހަފްސަލް އެވެ.

ލޫތު އަކީ މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރ. ދުވާފަރު ޓީމުން ފާހަގަކުރެވުނު ކުޅުންތެރިއެކެވެ. ދުވާފަރުގެ ހުނަރުވެރި ކުޅުންތެރިޔާ އަހުމަދު ޖުމާން ވެސް މިއަހަރު ކުޅެނީ ޕަވަރ އެޓޭކަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ލޫތު އެވެ.

ފުރަތަމަ ކުޅުނު މެޗުގައި ފަވްޒް ނިއު ޖެނެރޭޝަން އަތުން ޕަވަރ އެޓޭކް މޮޅުވީ 1-5 އިންނެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސީއެސް ސްޕޯޓްސް ވަނީ 0-2 އިން ބީސީ 2030 ބަލިކޮށްފަ އެވެ. މެޗުގައި ސީއެސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލިޔާން އާއި އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސީއެސްގެ ވިޝާހު އެވެ.

މަގޫދޫ އެލް4 ކަޕްގެ ތެރެއިން. ފޮޓޯ: އެލް4 ކަޕް

ބިލެއްދޫގެ އެފްސީ ޒަލްޒަލާ ރޭ ވަނީ އެޒް އަތުން 2-4 އިން ބަލިވެފަ އެވެ. މެޗުގައި އެޒް ޓީމުގެ ޝަނާން ވަނީ ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. ޝަނާން އަކީ ގާފަރު ފުޓްސަލް ޓީމުގެ ކުޅުންތެރިއެކެވެ. ދެ ގޯލު ޖެހީ ސާއިމް އާއި ހިޝާމް އެވެ.

ރޭ ފަވްޒް ނިއު ޖެނެރޭޝަން ވަނީ 2-4 އިން އޭއެމްޑީ އަތުން ބަލިވެފަ އެވެ. މެޗުގައި އޭއެމްޑީގެ އަހުސަމް ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. ދެން ގޯލުތައް ޖެހީ ރިފާއު އާއި ސިމާހު އެވެ.

މުބާރާތުގައި މިރޭ ވެސް ގްރޫޕް ސްޓޭޖުގެ ހަތަރު މެޗު ކުޅޭނެ އެވެ. މިރޭގެ މެޗުތަކަށް ފަހު ސެމީ ފައިނަލްގެ ބައެއް ޖާގަތައް ޔަގީންވެގެން ދާނެ އެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މުބާރާތުގައި ކޮންމެ ގްރޫޕެއްގައި 5 ޓީމު ހިމެނެ އެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

މަގޫދޫ އެލް4 ކަޕްގައި މިރޭ ކުޅޭ މެޗުތައް

އެފްސީ ޒަލްޒަލާ – ފަވްޒް ސްޕޯޓްސް ކްލަބް 20:00

ފަވްޒް ނިއު ޖެނެރޭޝަން – ބީސީ ސްޕޯޓްސް ކްލަބް 21:00

އެޒް ސްޕޯޓްސް ކްލަބް – ބީސީ 2030 22:00

އޭއެމްޑީ – ޕަވަރ އެޓޭކް 23:00

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!