ފުރަތަމަ ސަފްޙާ / ޚަބަރު / ބެޑްމިންޓަން ކްލަބް ރިވައިވަލް އިން އޭދަފުށީގައި އެކަޑެމީއެއް ހަދައި ރޭންކިން ސިސްޓަމެއް ތައާރަފްކޮށްފި
ފަހުމިނެޓް

ބެޑްމިންޓަން ކްލަބް ރިވައިވަލް އިން އޭދަފުށީގައި އެކަޑެމީއެއް ހަދައި ރޭންކިން ސިސްޓަމެއް ތައާރަފްކޮށްފި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 16 ޖެނުއަރީ 2024

ރިވައިވަލް ސްޕޯޓްސް އިން ބ. އޭދަފުށީގައި އެކަޑަމީ ބްރާންޗެއް ގާއިމްކޮށް، ކްލަބްގެ ޖޫނިއާ ރޭންކިން ސިސްޓަމެއް ތައާރަފް ކޮށްފި އެވެ.

އެ ކްލަބުން ވަނީ މި އަހަރުގެ ފުރަތަމަ ދުވަހު “ރިވައިވަލް ސްޕޯޓްސް އޭދަފުށި” ބްރާންޗްގެ ހިންގާ ކޮމިޓީ ފާސްކޮށްފަ އެވެ. ރައީސަކަށް މުހައްމަދު އިކްރާމް ހަމަޖެއްސި އިރު، މުހައްމަދު އާރިފާއި ކްލަބްގެ މުވައްސިސު، އަދި ބެޑްމިންޓަން ކުޅުންތެރިޔާ ހުސައިން ޒަޔާން ޝަހީދު ޒަކީ ވަނީ ނައިބު ރައީސުންނަށް ހަމަޖައްސައިފަ އެވެ.

ޖެނެރަލް ސެކްރެޓަރީ އަކަށް އިބްރާހިމް ޝަހީދު ހަމަޖައްސާފައި ވާއިރު ހަޒާންދާރަކީ އާއިޝަތު ރިޝްމީ އެވެ. އަދި މެމްބަރުންގެ ގޮތުގައި ހުސައިން މުހައްމަދާއި ހުސެއިން ރަމީޒް ވަނީ ހަމަޖައްސައިފަ އެވެ.

ރިވައިވަލް ސްޕޯޓްސް އޭދަފުށިން ވަނީ 150 އަށްވުރެ ގިނަ ކުދިންނާ އެކު މިމަހުގެ 18-20 އަށް ޖޫނިއާ އޯޕަން މުބާރާތެއް ވެސް ބާއްވާގޮތަށް ހަމަޖައްސައިފަ އެވެ. މި މުބާރާޓް ކުރިއަށް ގެންދާނީ އޭދަފުށީގެ ސޯޝަލް ސެންޓަރުގަ އެވެ.

މިއާ ގުޅިގެން އެ ކްލަބުން ވަނީ، ކްލަބްގެ ޖޫނިއާ ކުޅުންތެރިން ރޭންކް ކުރުމުގެ ގޮތުން ޕޮއިންޓް ސިސްޓަމެއް ވެސް ތައާރަފް ކޮށްފަ އެވެ.

ރޭންކް ކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޮއިންޓް ސިސްޓަމް. ފޮޓޯ: ރިވައިވަލް ސްޕޯޓްސް

މިއަހަރުން ފެށިގެން ކްލަބުން ރާވާ ހިންގާ ހުރިހާ މުބާރާތެއްގައި ވެސް މި ޕޮއިންޓް ސިސްޓަމް ބޭނުން ކުރާގޮތަށް ހަމަޖެހިފައި ވާއިރު، އެންމެ ފުރަތަމަ މި ޕޮއިންޓް ސިސްޓަމް ބޭނުން ކުރާނި އޭދަފުށީގައި ބާއްވާ ޖޫނިއާ އޯޕަން މުބާރާތުގަ އެވެ. މުބާރާތް ނިމޭތާ ހަފްތާއެއް ތެރޭ ރޭންކިން އާއްމު ކުރާނެ ކަމަށް އެ ކްލަބުން ބުނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!