ފުރަތަމަ ސަފްޙާ / ޚަބަރު / މަރު އެތި ފަހަރަކުން އާނޯލްޑް ސަލާމަތްވީ ކިރިޔާ

މަރު އެތި ފަހަރަކުން އާނޯލްޑް ސަލާމަތްވީ ކިރިޔާ

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 21 އޮކްޓޫބަރު 2023

ލިވަޕޫލަށް ކުޅެމުން އަންނަ އިނގިރޭސި ޑިފެންޑަރު ޓްރެންޓް އެލްގްޒަންޑާ އާނޯލްޑް ނުރައްކާތެރި ކާރު އެކްސިޑެންޓަކުން ހަނިގޮތަކަށް ސަލާމަތްވެއްޖެ އެވެ.

އިއްޔެ ހެނދުނު އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގަން ދިމާވީ އިއްޔެގެ ވަގުތެއްގައި ގަޑިއަކު 70 މޭލަށް ޖެހުމުން އައި ބާރު ވަޔާއެކު އާނޯލްޑްގެ ކާރު ދަތުރުކުރަމުންދިޔަ މަގުގައި ޖަހާފައި ހުރި 40 ފޫޓްގެ ކަރަންޓް ހޮޅިދަނޑިއެށް ވެއްޓުމާއި ގުޅިގެންނެވެ.

އެ ހާދިސާގައި، ބައި ޓަނު ހުންނާނެ ކަމަށް ބެލެވޭ އެ ހޮޅިދަނޑި ވެއްޓުނީ އެ މަގުން ދަތުރުކުރަމުން ދިޔަ ބީއެމްޑަބްލިއު ކާރެއްގެ މައްޗަށް ކަމަށްވެ އެވެ. ހޮޅި ދަނޑި ވެއްޓުމާއެކު އެ ކާރު ހުއްޓުނު ވަގުތާ އާނޯލްޑްގެ ކާރު އެއާ އަރާ ހަމަވި ވަގުތާ ދިމާވީ އެއް ވަގުތަކަށެވެ.

އެކްސިޑެންޓް ހިނގި ވަގުތުގެ ފޮޓޯއެއް. އާނޯލްޑް ސަލާމަތްވީއިރު އެއްވެސް އަނިޔާއެއް ލިބިފައެއްނުވޭ

އާނޯލްޑް ދުއްވަމުން ދިޔަ 90 ހާސް ޕައުންޑްގެ އަގުބޮޑު ރޭންޖު ރޯވާ ކާރު އެކްސިޑެންޓްނުވެ ސަލާމަތްވީ ވަރަށް ހުށިޔާރުވެ ހުރި ބުރެކި ޖެއްސުމުން ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އާނޯލްޑްގެ ކާރުގެ ކުރިމަތިން ހުރަސްވި ކާރާއި، އާނޯލްޑްގެ ކާރު ނުޖެހި އިނީ ދެތިން އިންޗިއެއްހާ ތަންކަމަށްވެ އެވެ.

ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި، އެ ހާދިސާ ހިނގުމާއެކު އާނޯލްޑް ކާރުން ފައިބައި އަނެއް ކާރު ދުއްވަން އިން ޑްރައިވަރު ގާތަށް ގޮސް ވާހަކަދައްކާފައިވާ ކަމަށް ސަން ގައި ބުނެފައިވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅޭއިރު އެ މެޗުގެ ފުރަތަމަ އެގާރައިގައި ކޯޗު ޔާގެން ކްލޮޕް ވަނީ އާނޯލްޑް ހިމަނައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!