ފުރަތަމަ ސަފްޙާ / ޚަބަރު / ކްލޮޕްގެ 1000 ވަނަ މެޗު ފޫހި ގޮތަކަށް އެއްވަރު ވެއްޖެ

ކްލޮޕްގެ 1000 ވަނަ މެޗު ފޫހި ގޮތަކަށް އެއްވަރު ވެއްޖެ

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 21 ޖެނުއަރީ 2023

މިއަދު ހަވީރު ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި ޗެލްސީ ވާދަކުރި މެޗުން 0-0 އެއްވަރު ވެއްޖެ އެވެ.

ލިވަޕޫލްގެ ދަނޑުގައި މި ކުޅުނު މެޗުން އެއްވެސް ޓީމަކަށް އިދިކޮޅު ޓީމުގެ ގޯލަށް ބޮޑު ހަމަލާއެއް ފޮނުވާލެވިފައެއް ނުވެ އެވެ. އެގޮތުން ލިވަޕޫލްގެ ކޯޑީ ގަކްޕޯ އާއި ޑާވިން ނޫނޭޒް ފޮނުވާލި ދެ ހަމަލާ ވެސް ޗެލްސީގެ ގޯލްކީޕަރު، ކެޕާ އަރިޒަބަލާގާ ވަނީ މަތަ ކޮށްފަ އެވެ.

މެޗުގެ ފެށިގެން ތިން ވަނަ މިނެޓުގައި ޗެލްސީގެ އެޓޭކާ ކައި ހަވާޓްޒް ވަނީ ލިވަޕޫލުގެ ގޯލަށް ބޯޅަ ވައްދާލާފަ އެވެ. ނަމަވެސް ފަހުން ވީއޭއާރް ބެލުމަށް ފަހު ހަވާޓްޒްގެ ލަނޑު ކެންސަލް ކުރީ އެޓީމުގެ ޑިފެންޑަރު ތިއާގޯ ސިލްވާ އޮފްސައިޑުގައި ހުރުމުންނެވެ.

މި ދެ ޓީމަކީވެސް ޓޭބަލްގެ ގަދަ ހަތަރަކަށް ވާދަ ކުރަމުން އަންނަ ދެޓީމެވެ. މި މެޗުން އެއްވަރު ވުމަކީ ދެ ޓީމަށްވެސް ލިބުނު ދެރައެކެވެ. އެގޮތުން ޗެލްސީ އާއި ލިވަޕޫލް އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރު ވެފަ އެވެ. އެއީ 29 ޕޮއިންޓެވެ. ލިވަޕޫލް ޓޭބަލްގެ އަށް ވަނައިގާ އޮތް އިރު، ޗެލްސީ އޮތީ 10 ވަނައިގަ އެވެ. ހަތަރުވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާ މި ދެޓީމާ ދެމެދު އޮތީ ނުވަ ޕޮއިންޓުގެ ފަރަގެކެވެ.

މިއަދުގެ މި މެޗަކީ ކްލޮޕްގެ ކޯޗިން ކެރިއަރުގައި އިރުޝާދުދިން 1000 ވަނަ މެޗެވެ. އޭނާގެ ކެރިއަރު ޖަރުމަނުގެ މެއިންޒްގައި ފަށާ އެޓިމަށް ވަނީ 270 މެޗުގައި އިރުޝާދު ދީފަ އެވެ. އެއަށްފަހު ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެ 319 މެޗުގައި ކްލޮޕް ކޯޗުކަން ކޮށްދިނެވެ. ޑޯޓްމަންޑު ދޫކޮށް ލިވަޕޫލަށް ބަދަލުވުމަށް ފަހު އިރުޝާދުދިން މެޗުތަކުގެ އަދަދު، މި މެޗާ ލައިގެން 411 އަށް އެރީ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!