ފުރަތަމަ ސަފްޙާ / ޚަބަރު / ވާދަވެރި ސިޓީ ބަލިކޮށް ޔުނައިޓެޑް ކުރިއަށް ހިފައިފި

ވާދަވެރި ސިޓީ ބަލިކޮށް ޔުނައިޓެޑް ކުރިއަށް ހިފައިފި

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 14 ޖެނުއަރީ 2023

ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ވާދަ ކުރި މެޗުން 1-2 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅު ވެއްޖެ އެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި މި މެޗު ކާމިޔާބު ކޮއްފައިވާ އިރު، މި މެޗުގެ ފުރަތަމަ ގޯލު ޖަހާފައި ވަނީ ސިޓީގެ އެޓޭކާ ޖެކް ގްރީލިޝް އެވެ. މި ލަނޑު 60 ވަނަ މިނެޓުގައި ގްރީލިޝް ޖެހީ ކެވިން ޑި ބްރޭނާގެ އެހީގަ އެވެ.

ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލު ކާމިޔާބު ކޮއްދިނީ ކަސެމީރޯގެ އެސިސްޓުން ބްރޫނޯ ފެނާންޑޭޒް އެވެ. މި ލަނޑު ވެގެން ދިޔައީ 1-1 އިން ޔުނައިޓެޑް، ސިޓީއާ އެއްވަރު ކުރި ލަނޑަށެވެ. މި ލަނޑު ޖެހިއިރު މާކަސް ރަޝްފާޑް އޮފްސައިޑް މަގާމެއްގައި ހުރުމުން ސިޓީގެ ކުޅުންތެރިން ވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ފެނާންޑޭސޯގެ ގޯލަށް ފަހު ޔުނައިޓެޑް މެޗުން މޮޅުވި ގޯލު ޖަހާފައި ވަނީ އިހަންޑްރޯ ގާނާޗޯ އޭރިއާ ތެރެއަށް ފޮނުވާލި ބޯޅއަކުން ރަޝްފޯޑް އެވެ.

ރަޝްފޯޑުގެ ގޯލާ އެކު، އޭނާ ވަނީ ޖެހި ޖެހިގެން ހަތް މެޗުގައި ގޯލު ޖަހައިފަ އެވެ. އަދި މިއާއެކު އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި ވެސް އޭނާ ވަނީ ލަނޑު ކާމިޔާބު ކޮއްފަ އެވެ. ވޯލްޑް ކަޕްގެ ފަހުން ޔޫރަޕްގެ ޓޮޕް ލީގު ތަކުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އިތުރުން މިރޭގެ މެޗުގެ މޭން އޮފް ދަ މެޗްވެސް ރަޝްފޯޑު ވަނީ ހޯދާފަ އެވެ.

“އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން، ފަހަތުން އަރާ މޮޅު ވެވުނީމަ ވަރަށް ހިތްހަމަޖެހޭ” މެޗަށް ފަހު ރަޝްފޯޑް ދިން އިންޓަވިއުގައި ބުންޏެވެ.

ޔުނައިޓެޑްގެ މޮޅު ކުޅުމާއެކު އެޓީމުން އެންމެ ފަހުން ކުޅުނު 19 މެޗުގެ ތެރެއިން ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އަދި މިރޭ ލިބުނު މޮޅާއެކު އެޓީމުން ވަނީ ޖެހި ޖެހިގެން އަށް މެޗު ކާމިޔާބު ކޮއްފަ އެވެ.

ޔުނައިޓެޑުން ޖެހި ފުރަތަމަ ގޯލާ މެދު ހިތްހަމަނުޖެހި، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

“ޕްރިމިއާ ލީގުގައި މޮޅު ވެވުނަސް ނުވެވުނަސް އަހަރެންނަށް ހެޔޮ” ރުޅިގަދަވެފަ ހުރި ގާޑިއޯލާ ބުންޏެވެ.

މި މެޗަށް ފަހު 38 ޕޮއިންޓާއެކު ޔުނައިޓެޑް މިހާރު އޮތީ ޓޭބަލްގެ ތިން ވަނައިގަ އެވެ. އަދި ޓޭބަލްގެ ދެވަނައިގާ އޮތް ސިޓީއާ ދެމެދު އޮތް ފަރަގު ޔުނައިޓެޑުން ވަނީ އެންމެ ޕޮއިންޓަކަށް ކުޑަ ކޮއްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!