ފުރަތަމަ ސަފްޙާ / ޚަބަރު / ފުލަމް އަތުން ބަލިވެ ޗެލްސީ އަމިއްލަ އަށް ޕްރެޝަރަށް ވެއްޓިއްޖެ

ފުލަމް އަތުން ބަލިވެ ޗެލްސީ އަމިއްލަ އަށް ޕްރެޝަރަށް ވެއްޓިއްޖެ

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 13 ޖެނުއަރީ 2023

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން 1-2 އިން ފުލަމް މޮޅުވެއްޖެ އެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މެޗުގެ  ފުރަތަމަ ލަނޑު 25 މިނެޓުގައި ޖަހާފައި ވަނީ އެ ޓީމުގެ ލެފްޓު ވިންގަށް ކުޅެމުން އަންނަ ވިލިއަން އެވެ. އެއަށްފަހު މެޗުގެ 73 ވަނަ މިނެޓުގެ ކާލޮސް ވިނީޝިއަސް ފުލަމް އަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަންދްރައެސް ޕެރޭރާ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ފަހަކަށް އައިސް ޗެލްސީގެ ފަރާތުން ފެންނަމުން އަންނަނީ ވަރަށް ދަށް ކުޅުމެކެވެ. ރޭގެ މެޗުގައި  ޗެލްސީގެ ހަމައެކަނި ގޯލު 47 ވަނަ މިނެޓުގައި ޖެހީ ޑިފެންޑަރު ކަލިދޫ ކުލިބަލީ އެވެ.

ޗެލްސީ މިހާރު އޮތީ 18 މެޗުން ލިބުނު 25 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގަ އެވެ. ފުލަމް ވަނީ 19 މެޗުން 31 ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

ގްރަހަމް ޕޮޓާގެ ކޯޗު ކަމުގެ ދަށުގައި ޗެލްސީގެ ކުޅުން ފެންނަނީ ދަށްކޮށެވެ. އެގޮތުން އެންމެ ފަހުން ޗެލްސީ ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވި އެންމެ ދެ މެޗުންނެވެ.

ރޭގެ މެޗުގައި ޗެލްސީ އަށް މައްސަލަތައް ދިމާވީ 58 ވަނަ މިނެޓުގައި ފޯވަޑް ޔާއޯ ފީލިކްސް އަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ފުލަމްގެ ޓެޓޭ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. ރޭގެ މެޗަކީ އެތުލެޓިކޯ މެޑްރިޑުން ލޯނު އުސޫލުން ޗެލްސީ އަށް ބަދަލުވުމަށް ފަހު ފީލިކްސް ކުޅުނު ފުރަތަމަ މެޗެވެ. ރަތް ކާޑާ އެކު ފީލިކްސް މިހާރު ވަނީ ތިން މެޗަށް ސަސްޕެންޑްވެފަ އެވެ.

ނަތީޖާތައް ދަށްވުމުގެ އިތުރުން ޗެލްސީ އަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމެވެ. އެގޮތުން ރޭގެ މެޗުގައި ޑެނިސް ޒަކަރިއާ އަށް ލިބުނު އަނިޔަލާ ގުޅިގެން އެޓީމުގެ އަނިޔާގެ ލިސްޓް 11 ކުޅުންތެރިންނަށް ވަނީ ގިނަވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!