ފުރަތަމަ ސަފްޙާ / ޚަބަރު / ކުޑަހުވަދޫއާ ނިލަންދޫގެ ކުރިމަތިލުން އެއްވަރުވެ ގްރޫޕުގެ ފޯރިގަދަ ވެއްޖެ

ކުޑަހުވަދޫއާ ނިލަންދޫގެ ކުރިމަތިލުން އެއްވަރުވެ ގްރޫޕުގެ ފޯރިގަދަ ވެއްޖެ

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 9 ޖުލައި 2018

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ގްރޫޕް އެކެއްގައި މިއަދު ކުޅުނު މެޗު އެއްވަރުވެ ގްރޫޕް އެކެއްގެ ފޯރި ގަދަ ވެއްޖެ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ކުޑަހުވަދޫއާ މިފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދާ ނިލަންދޫގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ނިލަންދޫ ޓީމުންނެވެ. މި ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އެޓީމުގެ އާދިލް ޢަލީ އެވެ. ނިލަންދޫ ޓީމުން މި ލީޑުގައި ފުރަތަމަ ހާފު ނިންމާލަން ދަނިކޮށް ކުޑަހުވަދޫ ޓީމުގެ އަޙްމަދު ސަބީން ވަނީ ނަތީޖާ އެއްވަރު ކޮށްފައެވެ. މި ލަނޑު ސަބީން ޖެހީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ.

މި މޮޅާއެކު، ކުޅުނު ތިންމެޗުން ނިލަންދޫއަށް ވަނީ ފަސް ޕޮއިންޓް ލިބިފައެވެ. ކުޑަހުވަދޫއަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ކުޅުނު ދެމެޗުން ތިމަރަފުއްޓަށް ތިން ޕޮއިންޓް ލިބިފައިވާއިރު ހިތަދޫ ޓީމުން ވަނީ ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓް ހޯދާފައެވެ. ކުޅުނު ދެމެޗުންވެސް ބަލިވެ ގްރޫޕުގެ ފުލުގައި އޮތީ ހޯނޑެއްދޫ އެވެ.

މި ގްރޫޕުން ސެމީ ފައިނަލަށް ދާނެ ޓީމުތަށް ކަށަވަރު ވަނީ ފަހު މެޗުތަކަށް ފަހުއެވެ. މި ގްރޫޕުގައި މާދަމާ ކުޅޭ މެޗުގައި ވާދަކުރާނީ ހޯނޑެއްދޫ އާއި ތިމަރަފުއްޓެވެ. މުބާރާތުގައި ކުރިއަށްދާން ބޭނުން ނަމަ މާދަމާގެ މެޗުން މޮޅުވާން ހޯނޑެއްދޫއަށް މަޖުބޫރު ވާނެއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!