ފުރަތަމަ ސަފްޙާ / ޚަބަރު / ކުޑަހުވަދޫ ބަލިކޮށް ތިމަރަފުށިން ބަދަލުހިފައިފި

ކުޑަހުވަދޫ ބަލިކޮށް ތިމަރަފުށިން ބަދަލުހިފައިފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 25 އެޕްރީލް 2018

އެފް.އޭ.އެމް މިނިވަން ޗެމްޕިއަންޝިޕް 2018 ގެ ގްރޫޕް އެކެއްގައި 0-1 ގެ ނަތީޖާއަކުން ދ.ކުޑަހުވަދޫ ބަލިކޮށް، މިދިޔަ އަހަރު އެ ޓީމު ބަލިވި ބަލިވުމުގެ ބަދަލު ތ.ތިމަރަފުށިން ހިފައިފިއެވެ.

އިއްޔެ ހަވީރު ނިލަންދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކުޑަހުވަދޫ ކޮޅަށް މެޗުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތިމަރަފުށީގެ ބިދޭސީ ކުޅުންތެރިޔާ ކައުސޭ ޖިއަން ފްރާންކޮއިސްއެވެ.

ގުރޫޕުގެ ދެވަނަ މެޗަށް ތިމަރަފުށި ނުކުތް އިރު، އެޓީމު އޮތީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ރަށް ކަމުގައިވާ ނިލަންދޫ އަތުން ބަލިވެފައެވެ. ކުޑަހުވަދޫން އިއްޔެގެ މެޗަށް ނުކުތްއިރު އެޓީމު އޮތީ ފުރަތަމަ މެޗުގައި ގދ.ހޯނޑެއްދޫ ބަލިކޮށްފައެވެ.

މި މުބާރާތުގެ ގްރޫޕް އެކެއްގެ މެޗުތައް ފ.ނިލަންދޫގައި ކުރިއަށް ދާއިރު ގްރޫޕް ދޭއްގެ މެޗުތައް ކުރިއަށްދަނީ ށ.ފޯކައިދޫގައެވެ.

ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމަށް ސެމީފައިނަލުން ފުރުޞަތު ލިބިގެންދާއިރު، މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ގަލޮޅު ރަސްމީ ބޯޅަދަނޑުގައެވެ. މީގެއިތުރުން، ސެމީން ޖާގަ ހޯދާ ހަތަރު ޓީމަށްވެސް މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެއެވެ.

މި މުބާރާތުގއި އަންނަ ހުކުރުު ދުވަހު ކުޑަހުވަދޫ ނިކުންނާނީ ނިލަންދޫ އާ ދެކޮޅަށެވެ. އަދި ހޮނިހިރު ދުވަހު ތިމަރަފުށި ނިކުންނާނީ ގދ.ހޯޑެއްދޫ އާ ދެކޮޅަށެވެ. 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!