ފުރަތަމަ ސަފްޙާ / ޚަބަރު / މަންޒަރުގެ ކުލަ ނުލުން ރަތަށް، ރޮނާލްޑޯ ހޯދުމުގައި ޔުނައިޓެޑް ކުރިއަށް ޖެހިލައިފި

މަންޒަރުގެ ކުލަ ނުލުން ރަތަށް، ރޮނާލްޑޯ ހޯދުމުގައި ޔުނައިޓެޑް ކުރިއަށް ޖެހިލައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 27 އޮގަސްޓް 2021

ޔުވެންޓަސް ދޫކޮށް މެންޗެސްޓަރ ސިޓީ އަށް ބަދަލުވާނެކަމަށް ބެލެވުނު ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމުގެ ރޭހުގައި އޭނާގެ ކުރީގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑް ކުރިއަށް ޖެހިލައިފި އެވެ.

ރޮނާލްޑޯ މިހާރު ވަނީ ޔުވެންޓަސް ދޫކޮށް އަމިއްލަ ޖެޓްގައި ޕޯޗުގަލަށް ގޮސްފަ އެވެ. އަދި ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލިކަން އެޓީމުގެ ކޯޗު ވެސް މިއަދު ވަނީ ޔަގީންކޮށްދީފަ އެވެ. ރޮނާލްޑޯގެ ގެންދާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ މެންޗެސްޓަރ ސިޓީ އެވެ. އެޓީމުން ރޮނާލްޑޯ އަށް ރަސްމީ ބިޑެއް ކުރުމުގެ ބަދަލުގައި ފުރަތަމަ ދިޔައީ މަޝްވަރާގެ ބައްދަލުވުންތަކެވެ. އެކަމަކު ރަސްމީކޮށް ސިޓީން ބިޑް ކުރުމުގެ ކުރިން ރޮނާލްޑޯ ހޯދުމުގެ ރޭހަށް ޔުނައިޓެޑް ވަދެ މުޅި ޑީލް މިހާރު ވަނީ އެޓީމު ކޮޅަށް އަނބުރާލައިފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ މިހާރު ވަނީ ޔުނައިޓެޑާ ގުޅެން ނިންމައިފަ އެވެ. އަދި ޔުނައިޓެޑްގެ ރަސްމީ ހުށަހެޅުން މިހާރު ޔުވެންޓަސް އަށް ވަނީ ފޮނުވައިފަ އެވެ. ޔުނައިޓެޑުން ރޮނާލްޑޯ ގެންނަން މަސައްކަތް ކުރަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެކަމަކު އެންމެ ފުރަތަމަ ރޮނާލްޑޯއާ އެކު ހަދާނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށް ބެލެވެ އެވެ.

2003 ވަނަ އަހަރު ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އިން 16 މިލިއަން ޑޮލަރަށް ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ ވަނީ އެ ކްލަބުގައި ހުރިހާ ކާމިޔާބީއެއް ހޯދައިފަ އެވެ. ހަ ސީޒަނުގައި ޔުނައިޓެޑަށް ކުޅުމަށް ފަހު 2009 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގަކަށް ރޮނާލްޑޯ ބަދަލުވީ ރެއާލް މެޑްރިޑަށެވެ. ރެއާލް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!