ފުރަތަމަ ސަފްޙާ / ޚަބަރު / މިނިވަން ޗެމްޕިއަންޝިޕް ޒޯން 7 ގެ ޗެމްޕިއަންކަން ގދ.ހޯޑެއްދޫ ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް ޒޯން 7 ގެ ޗެމްޕިއަންކަން ގދ.ހޯޑެއްދޫ ހޯދައިފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 17 އޮކްޓޫބަރު 2018

ޒޯން ހަތެއްގައި އިއްޔެ ހަވީރު ގއ.ކޮނޑޭ އަތުން 0-1 ބަލިވި ނަމަވެސް، އެގްރިގޭޓް 1-3 ގެ ނަތީޖާއަކުން ޒޯން ހަތެއްގެ ޗެމްޕިއަންކަން ގދ.ހޯޑެއްދޫ ހޯދައިފިއެވެ.

ފައިނަލް މެޗުގެ ފުރަތަމަ ލެގު ކޮނޑޭ ދަނޑުގައި ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއަކުން ކުރި ހޯދާފައިގެން ޗެމްޕިއަން ކަމާ ގާތުގައި އޮތް ހޯޑެއްދޫ ކޮޅަށް މިމެޗުގައި ޖެހި ހަމަ އެކަނި ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޮނޑޭގެ ޖާޒީ ނަންބަރު 27 އަޙްމަދު އުސާމެވެ.

ޒޯން ހަތެއްގައި ވާދަކުރީވެސް ހަމައެކަނި ގއ. އަތޮޅު ޗެމްޕިއަން ކޮނޑޭއާއި ގދ. އަތޮޅު ޗެމްޕިއަން ހޯނޑެއްދޫއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ފައިނަލް ބުރުން ޖާގަ ލިބޭނެއެވެ. މިއަހަރުގެ މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ އިތުރުން ފައިނަލް ބުރުގައި ވާދަކުރާނީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރަކުން ޖާގަ ހޯދި ޓީމުތަކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!