ފުރަތަމަ ސަފްޙާ / ޚަބަރު / ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ނޭޕާލާ ދެކޮޅަށް

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ނޭޕާލާ ދެކޮޅަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 18 އޮގަސްޓް 2021

13 ވަނަ ސާފް ޗެމްޕިއަންޝިޕް ހުޅުވާ މެޗުގައި މުބާރާތް ބާއްވާ ރާއްޖެ އާއި ނޭޕާލް ވާދަކުރަން ޖެހިއްޖެ އެވެ.

ރާއްޖޭގައި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 1 އިން 13 ގެ ނިޔަލަށެވެ. މުބާރާތުގައި 5 ގައުމު ވާދަކުރާއިރު ފުރަތަމަ މެޗުގައި ނެޕާލާ ދެކޮޅަށް ރާއްޖެ ނުކުންނާނީ އޮކްޓޫބަރު 1 ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރު އެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އޮކްޓޫބަރު 6 ވަނަ ދުވަހުގެ ރޭ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އޮކްޓޫބަރު 8 ވަނަ ދުވަހު ރާއްޖޭން ސްރީ ލަންކާއާ ވާދަކުރާއިރު ގްރޫޕްގެ ފަހު މެޗުގައި އޮކްޓޫބަރު 11 ވަނަ ދުވަހުގެ ރޭ ވާދަކުރާނީ ރާއްޖެ އާއި އިންޑިއާ އެވެ.

މި މުބާރާތުގައި މިފަހަރު ވާދަކުރާނީ ފަސް ގައުމުންނެވެ. މުބާރާތުގައި ވާދަނުކުރަނީ ކޮވިޑްގެ ސަބަބުން ދަތުރުފަތުރު ކުރުމުގެ ހުއްދަ ހޯދުމުގައި އުނދަގޫތަކެއް ކުރިމަތިވި ބޫޓާނާއި ފީފާގެ ސަސްޕެންޝަނެއްގައި އޮތް ޕާކިސްތާނެވެ. ފަސް ގައުމުން ވާދަކުރާތީ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ޕޮއިންޓުގެ ގޮތުން އެންމެ ކުރި ހޯދާ ދެ ޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ރެ އެވެ.

Nepal throws away opportunity to Maldives, fails to reach first SAFF final  - myRepublica - The New York Times Partner, Latest news of Nepal in  English, Latest News Articles

2018 ވަނަ އަހަރުގެ ސުޒުކީ ކަޕްގައި ރާއްޖެ އާއި ނޭޕާލް ވާދަކުރި މެޗުގެ ތެރެއިން

މިއީ ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާ ދެ ވަނަ ފަހަރެވެ. 2008 ވަނަ އަހަރު ރާއްޖޭގައި މުބާރާތް ބޭއްވީ ލަންކާއާ ގުޅިގެންނެވެ. މިފަހަރުގެ މުބާރާތް އެއްކޮށް ހޯސްޓް ކުރާނީ ރާއްޖޭގަ އެވެ. ރާއްޖޭން ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ނަމުގައި ކުޅުނު ސަރަހައްދީ މުބާރާތް ކާމިޔާބުކޮށްފަ އެވެ. މި ދެ ފަހަރު ވެސް ރާއްޖޭން ތަށި ހޯދީ އިންޑިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސާފް މުބާރާތުގައި ރާއްޖޭގެ ސީނިއާ ޓީމުން ވަނީ ނޭޕާލާ ދެކޮޅަށް ހަތް ފަހަރު ނުކުމެފަ އެވެ. ހަތް މެޗުގެ ތެރެއިން ފަސް މެޗުން ރާއްޖެ މޮޅުވިއިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން ނޭޕާލުގެ މައްޗަށް ސާފް މުބާރާތުގައި ރާއްޖެ ކުރި ހޯދީ 2018 ވަނަ އަހަރުގެ ސެމީ ފައިނަލްގަ އެވެ. ރަނގަޅު ކުޅުމެއް ދައްކަމުން އައި ނޭޕާލް އަތުން ރާއްޖެ މޮޅުވީ 3-0 އިންނެވެ. މެޗުގައި ރާއްޖޭގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ޖެހިއިރު އަނެއް ލަނޑު ޖެހީ ކެޕްޓަން އަކްރަމް އަބްދުލްގަނީ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗު ޝެޑިއުލް

ރާއްޖޭގެ ސީނިއާ ޓީމު އަތުން ނޭޕާލަށް މޮޅެއް ނުލިބުނަސް ޖޫނިއާ ލެވެލްގައި ނޭޕާލުން އަންނަނީ ރާއްޖެ ބަލިކުރަމުންނެވެ. މިގޮތުން 2019 ވަނަ އަހަރު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޒުވާން ޓީމު ވަނީ ނޭޕާލް އަތުން ބަލިވެފަ އެވެ. މިފަހަރުގެ މުބާރާތުގައި އިންޑިއާ އާއި ރާއްޖެ އަށް އެންމެ ރަނގަޅު ވާދައެއް ކުރާނެކަމަށް ބެލެވެނީ ވެސް ނޭޕާލުންނެވެ. އެގައުމުން އަންނަނީ ފަހަކަށް އައިސް ފުޓްބޯޅައިގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!