ފުރަތަމަ ސަފްޙާ / ޚަބަރު / އެމްރޭ ޗޭން ގެ ކުރިމަގާމެދު އަދި ގޮތެއް ނުނިމޭ: ކްލޮޕް

އެމްރޭ ޗޭން ގެ ކުރިމަގާމެދު އަދި ގޮތެއް ނުނިމޭ: ކްލޮޕް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 17 އޮކްޓޫބަރު 2018

އިނގިރޭސިވިލާތުގެ ލިވަޕޫލަށް ކުޅޭ ޖަރުމަނު މިޑްފީލްޑަރ އެމްރޭ ޗޭންގެ ކުރިމަގާމެދު އަދި ގޮތެއް ނުނިމޭ ކަމަށް ލިވަޕޫލްގެ މެނޭޖަރ ޖަރގަން ކްލޮޕް ބުނެފިއެވެ. އުމުރުން 24 އަހަރުގެ ޗޭން ގެންދިއުމަށް އެންމެ ބޮޑަށް ޝައުގުވެރިވަނީ އިޓަލީގެ ގަދަބާރު ޔުވެންޓަސް އެވެ. މި ސީޒަނަށްފަހު ޗޭންގެ އެއްބަސްވުން ލިވަޕޫލާއެކު ހަމަވާއިރު ސީޒަން ނިމުމުގެ ކުރިން ލިވަޕޫލުން ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ.

“އަހަރެން މިދަނީ އޭނާއާ ވާހަކަ ދައްކަމުން. ކޮންޓްރެކްޓްގަ ސޮއި ކުރުން ނޫން ހުރިހާ ކަމެއްވެސް ދަނީ ރަގަޅަށް” ކްލޮޕް ބުންޏެވެ،

ޖަރުމަނުގެ ބެޔާން ލެވަކޫސަންއިން 2014 ވަނަ އަހަރު ޗޭން ލިވަޕޫލަށް ބަދަލުވީ 10 މިލިއަން ޕައުންޑަށެވެ. މިހާތަނަށް އޭނާ ވަނީ ލިވަޕޫލަށް 166 މެޗު ކުޅެދީފައެވެ. މި ސީޒަނުގައި ލިވަޕޫލަށް މިހާތަނަށް 37 މެޗު ކުޅެދީފައި ވާއިރު އެޓީމުގެ މެދުތެރޭގައި ޗޭން އަންނަނީ މޮޅު ކުޅުމެއް ދައްކައި މުހިއްމު ލަނޑުތަކެއް ކާމިޔާބު ކޮށްދެމުންނެވެ. ސީޒަނުގައި މިހާތަނަށް ޗޭން ވަނީ ހަ ލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދީފައެވެ. ނަމަވެސް އަނިޔާގެ ސަބަބުން ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށް ނިކުންނަ މެޗުގައި ޗޭން ކުޅޭނެ ކަމަކަށް ނުބެލެވެއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!