ފުރަތަމަ ސަފްޙާ / ޚަބަރު / އާސެނަލުން އެމެރިކާގައި ކުޅޭ މުބާރާތުން ވަކިވެއްޖެ

އާސެނަލުން އެމެރިކާގައި ކުޅޭ މުބާރާތުން ވަކިވެއްޖެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 21 ޖުލައި 2021

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާސެނަލުން  އެމެރިކާއަށް ކުރަން އޮތް ތަމްރީން ދަތުރު ކެންސަލްކޮށްފި އެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން ފްލޮރިޑާ ކަޕްގެ ނަމުގައި އެމެރިކާގައި މި މަހުގެ 25 ވަނަ ދުވަހު ފަށާ މުބާރާތެއްގައި އާސެނަލުން ބައިވެރިވާން އޮތީ ނިންމައިފަ އެވެ.

މި މުބާރާތުގައި ބައިވެރިނުވާން ނިންމައި އާސެނަލުން އެމެރިކާ ދަތުރު ކެންސަލްކުރީ އެމެރިކާ އަށް ދަތުރުކުރަން ހަމަޖެހުނު އެ ޓީމްގެ ބައެއް ބައިވެރިން ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންމެވެ.

“މި އުނދަގޫ ނިންމުން ކްލަބްގެ ފަރާތުން ނިންމައިފައި މިވަނީ ޓީމްގެ ކުޅުންތެރިންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ވިސްނާފައި އެކަންކަމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން. އަހަރެމެނqނަށް އެނގޭ މިއީ އާސެނަލްގެ ކުޅުން ބަލާލާ ހިތުން އެމެރިކާގައި ތިބި ކްލަބްގެ ސަޕޯޓަރުންނަށް ވަރަށް ބޮޑު މާޔޫސްކަމަކަށް ވާނެކަން. ފްލޮރިޑާ ކަޕުން ވަކިވާންޖެހުނު ކަމަށްޓަކައި މުބާރާތް އިންތިޒާމްކުރާ ފަރާތާއި ކްލަބުން އެމެރިކާއަށް ކުރަން ހަމަޖެހުނު ދަތުރުގެ ކަންކަން ހަމަޖެއްސުމުގައި އެހީތެރިވި ފަރާތްތަކުގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދެން.” އާސެނަލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފްލޮރިޑާ ކަޕްގައި އާސެނަލްގެ އިތުރުން ބައިވެރިވާ ގޮތަށް ހަމަޖެހިފައި އޮތީ އިންޓަ މިލާނާއި، އެވަޓަންގެ އިތުރުން ކޮލަމްބިއާގެ ކްލަބެއް ކަމަށްވާ މިލޮނޭރިއަސް އެވެ. ނޮކައުޓް އުސޫލުން ކުޅެން ހަމަޖެހިފައި އޮތް މި މުބާރާތުގައި އާސެނަލްގެ އިތުރުން ބައިވެރިވާ އެހެން އެއްވެސް ޓީމެއް މުބާރާތުން ވަކިވި ކަމެއް އެނގިފައެއް ނެތެވެ.

އަންނަ ސީޒަންގައި އާސެނަލުން ކުޅޭ ފުރަތަމަ ލީގު މެޗްގައި އަންނަ މަހުގެ 13 ވަނަ ދުވަހު ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވަނީ އަލަށq ޕްރޮމޯޓްވި ބްރެންޓްފޯޑާ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!