ފުރަތަމަ ސަފްޙާ / ޚަބަރު / އެފްއޭއެމްގެ ކޮންސަލްޓެންޓަކަށް މުހައްމަދު އާދަމް

އެފްއޭއެމްގެ ކޮންސަލްޓެންޓަކަށް މުހައްމަދު އާދަމް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 3 ޖުލައި 2021

2023 ވަނަ އަހަރުގެ ދިވެހި ފުޓުބޯޅަ ސީޒަނަށް ތައްޔާރުވާން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފްއޭއެމް) ގެ ކޮންސަލްޓަންޓަކަށް ކޯޗު މުހައްމަދު އާދަމް ހަމަޖައްސައިފި އެވެ.

ނިމިދިޔަ ސީޒަނުގެ ކުރީކޮޅު ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުން އިސްތިއުފާ ދިން މުހައްމަދު އާދަމް ވަނީ މީގެ ކުރިން ވިކްޓްރީ ސްޕޯޓްސް ކުލަބުގެ އިތުރުން އަވަށްޓެރި ސްރީ ލަންކާގެ ކުލަބަކަށް ވެސް ކޯޗުކަން ކޮށްދީފަ އެވެ. އަދި ހަމަ އެއާއެކު މީގެ ކުރިން އެފްއޭއެމްގެ މާކެޓިން ޑިޕާޓްމަންޓް ހިންގައި، އެ އެސޯސިއޭޝަނުގެ އެކްޓިން ޖެނެރަލް ސެކެޓްރީގެ މަގާމު ވެސް ފުރި ކޯޗު މުހައްމަދަކީ ކުރިން ލެގޫންސް އާއި ވިކްޓްރީ އަށް ވެސް ކުޅުނު ޑިފެންޑަރެކެވެ.

ފުޓުބޯޅައިގެ އިތުރުން އޭނާ ވަނީ ބާސްކެޓާއި ވޮލީ ބޯޅަ އެސޯސިއޭޝަނުގައި ވެސް ބައެއް މަގާމުތައް ފުރާފަ އެވެ.

2023 ވަނަ އަހަރު މުޅި ރާއްޖެއަށް ފުޅާ ކޮށްގެން ހޯމް އެންޑް އަވޭ އުސޫލުން ދިވެހި ޕްރިމިއަރ ލީގު ކުރިއަށް ގެންދަން އެފްއޭއެމުން ވަނީ 20 ރަށެއްގައި ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. އަދި އާ ލީގަށް 15 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާނެ ކަމަށް ވެސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ހޯމް އެންޑް އަވޭ އުސޫލުން ދިވެހި ޕްރިމިއަރ ލީގު ކުރިއަށް ދާނީ ލީގުގެ ބޯޑެއް އެކުލަވާލެވި، ބޯޑު މެދުވެރިކޮށް ލީގުގެ މަސައްކަތްތައް ކޮށްގެންނެވެ. އަދި ރާއްޖޭގައި މިހާރު އޮންނަ އަށް ޒޯނުގެ ތެރެއިން ކޮންމެ ޒޯނަކުން އެއް ޓީމާއެކު، ޕްރިމިއަރ ލީގު އާ ފޯމެޓުގައި ކުރިއަށްދާނީ ޖުމްލަ 16 ޓީމާއެކު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!