ފުރަތަމަ ސަފްޙާ / ޚަބަރު / އިންގްލެންޑުގެ މޮޅާއެކު މަރުގެ ގްރޫޕުގެ ހުރިހާ ޓީމެއް ކަޓައިފި

އިންގްލެންޑުގެ މޮޅާއެކު މަރުގެ ގްރޫޕުގެ ހުރިހާ ޓީމެއް ކަޓައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 29 ޖޫން 2021

ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މަރުގެ ގްރޫޕުގައި ހިމެނުނު ހުރިހާ ޓީމެއް މިފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ނުލިބު ކަޓައިފި އެވެ.

ޔޫރޯގެ ގުރު ނެގުމާ އެކު މަރުގެ ގްރޫޕުގެ ގޮތުގައި މަޝްހޫރުވީ ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އަދި ޖަރުމަނާއި ހަންގޭރީ ހިމެނުނު ގްރޫޕް އެފް އެވެ. އެންމެ ފޯރިގަދަވާނެކަމަށް ބެލެވުނު މި ގްރޫޕުގެ މެޗުތައް ހީކުރި ގޮތާއި އެއްގޮތަށް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. އެކަމަކު މިރޭ އިންގްލެޑުން 0-2 އިން ޖަރުމަނު ބަލިކުރުމާ އެކު މި ގްރޫޕުން ދެ ވަނަ ބުރަށް ހޮވުނު ތިން ޓީމު ވެސް މުބާރާތާ ވަކިވީ އެވެ.

ގްރޫޕް އެފްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ފުރުސަތު ހޯދި ފްރާންސް ރޭ މުބާރާތުން ކެޓީ ސްވިޒަލެންޑާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 5-4 ބަލިވުމުންނެވެ. ފްރާންސްގެ ފަހަތުން ދެ ވަނަ ހޯދި ޖަރުމަނަށް މިރޭ އިންގްލެންޑް ކައިރިން ސަލާމަތް ނުވެވުނުއިރު ގްރޫޕުގެ ތިން ވަނަ ހޯދި ޕޯޗުގަލް ވަނީ ބެލްޖިއަމް އަތުން 1-0 އިން ބަލިވެ މުބާރާތާ އަލްވަދާއު ކިޔައިފަ އެވެ. މި ގްރޫޕުގައި ދެން ހިމެނުނު ހަންގޭރީ ގްރޫޕް ސްޓޭޖުން ކެޓިނަމަވެސް މަޝްހޫރު ޓީމުތަކާ ދެކޮޅަށް އެޓީމުން ރަނގަޅު ވާދައެއްކުރި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން އިންގްލެންޑުގެ އިތުރު ޖާގަ ހޯދާފައިވަނީ ޑެންމާކް، އިޓަލީ، ޗެކްރި ޕަބްލިކް، ބެލްޖިއަމް، ސްޕެއިން އަދި ސްވިޒަލެންޑެވެ. ގަދަ 16 ގެ ފަހު މެޗުގައި މިރޭ ވާދަކުރާނީ ޔޫކްރޭނާއި ސްވިޑެން އެވެ.

ކުއާޓާ ފައިނަލުގައި އިޓަލީ އާއި ބެލްޖިއަމް ވާދަކުރާއިރު ސްޕެއިން ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. ޑެންމާކާއި ޔޫކްރޭން ވާދަކުރާއިރު އިންގްލެންޑް ނުކުންނާނީ މިރޭގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!