ފުރަތަމަ ސަފްޙާ / ޚަބަރު / ރޮނާލްޑޯއާއެކު ޕޯޗްގަލްގެ އުއްމީދުތައް ވަޅުލުމަށްފަހު ބެލްޖިއަމުން އިޓަލީ އާ ކުރިމަތިލައިފި

ރޮނާލްޑޯއާއެކު ޕޯޗްގަލްގެ އުއްމީދުތައް ވަޅުލުމަށްފަހު ބެލްޖިއަމުން އިޓަލީ އާ ކުރިމަތިލައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 28 ޖޫން 2021

ޔޫރޯ ފުޓްބޯޅަ މުވބާރާތުގެ ގަދަ 16 ގައި މިރޭ ކުޅުނު ދެވަނަ މެޗްގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް ބަލިކޮށް ދުނިޔޭގެ ރޭންކިންގ ގެ އެއްވަނައިގައި އޮތް ބެލްޖިއަމް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.  ސްޕެއިންގެ ސެވިއްޔާގެ ކުޅުނު މި މެޗް ބެލްޖިއަމުން ކާމިޔާބުކުރީ 0-1 އިންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ހޯދައިގެން ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރި ބެލްޖިއަމާއި، މި ފަހަރުގެ މުބާރާތުގެ މަރުގެ ގްރޫޕްގެ ގެ ގޮތުގައި ބެލެވުނު ގްރޫޕް އެފްގެ ތިން ވަނަ ޓީމްގެ ގޮތުގައި ގަދަ 16 އިން ޖާގަ ހޯދި ޕޯޗްގަލް މިރޭ ބައްދަލުކުރި މެޗަކީ ބޮޑު މުބާރާތެއްގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. މިރޭގެ މެޗްގެ ކުރިން ގިނަ ބައެއްގެ ސަމާލުކަން ދެ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރޮމޭލޫ ލުކާކޫ އަށް ހުއްޓުނު ނަމަވެސް މިއިން އެއްވެސް ކުޅުންތެރިއަކަށް މިރޭގެ މެޗްގައި ގިނަ ބަޔަކު އުއްމީދުކުރިވަރުގެ ކުޅުމެއެް ނުދެއްކުނެވެ.

މިރޭގެ މެޗްގައި ބެލްޖިއަމުން ޖެހި ހަމައެކަނި ލަނޑު މެޗްގެ  ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ އެޑެން ހަޒާޑްގެ ބޭބެ ތޯގަން ހަޒާޑެވެ. ދެ ޓީމުގެ ފަރާތުންވެސް ބަލާހިތްވާކަހަލަ އަވަސް ކުޅުމެއް ފެނުނު މި މެޗްގައި ނަތީޖާ ބަދަލުކޮށްލެވޭތޯ ޕޯޗްގަލުން މެޗްގެ ފަހުކޮޅު ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. ވަކިން ހާއްސަކޮށް މެޗްގެ ފަހު ހާފުގައި ޕޯޗްގަލުން ގިނަ ހަމަލާތަކެއް ޕޯޗްގަލުން ބެލްޖިއަމްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ.

ކުއާޓާ ފައިނަލްގައި ބެލްޖިއަމް ވާދަކުރަންޖެހޭނީ ރޭ ގަދަ 16 ގައި އޮސްޓްރިއާ ބަލިކުރުމަށްފަހު ކުއާޓާ ފައިނަލުން ޖާގަ ހޯދި އިޓަލީ އާ އެވެ. އިޓަލީންވެސް ވަނީ ބެލްޖިއަމްއެކޭ އެއްގޮތަށް  މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!