ފުރަތަމަ ސަފްޙާ / ޚަބަރު / ނެދަލޭންޑްސް ސިއްސުވާލުމަށްފަހު ޗެކް ރިޕަބްލިކް ކުއާޓާ ފައިނަލަށް

ނެދަލޭންޑްސް ސިއްސުވާލުމަށްފަހު ޗެކް ރިޕަބްލިކް ކުއާޓާ ފައިނަލަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 27 ޖޫން 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި މިރޭ ނެދަލޭންޑްސް އާ ވާދަކޮށް ކުޅުނު މެޗް ކާމިޔާބުކޮށް ޗެކް ރިޕަބްލިކުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ. ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ހްރޫޕްގެ އެއްވަނަ ހޯދައިގެން ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރި ނެދަލޭންޑްސްގެ މައްޗަށް ޗެކް ރިޕަބްލިކުން ކުރި ހޯދީ 0-2 އިންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ޗެކް ރިޕަބްލިކް ވާދަކުރަންޖެހޭނީ ޑެންމާކާ އެވެ. ޑެންމާކް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ގަދަ 16 ގެ ފުރަތަމަ މެޗުގައި 0-4 އިން ވޭލްސް ބަލިކޮށްގެންނެވެ.

މިރޭގެ މެޗްގައި ނެދަލޭންޑްސް އަށް މައްސަލަތަކާ ކުރިމަތިވީ ފަހު ހާފު ފަށައިގެން ދިހަ ވަރަކަށް މިނެޓް ވީ ތަނާ އެ ޓީމްގެ އިތުބާރު ޑިފެންޑަރު މަތިއެސް ޑި ލިޓް އަށް ރަތްކާޑު ދެއްކުމާއެކު 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ހިސާބުން ފެށިގެންނެވެ. ޔުވެންޓަސް އަށް ކުޅެމުން އަންނަ ޑި ލިޓް އަށް ރަތް ކާޑު ދެއްކީ ޗެކް ރިޕަބްލިކްގެ ކުޅުންތެރިއަކު ނެދަލޭންޑްސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް  ބޯޅަ ހިފައިގެން ވަންނަން އުޅެނިކޮށް ގަސްދުގައި ބޯޅައިގައި އަތްލުމުންނެވެ.

ޗެކް ރިޕަބްލިކުން މިރޭގެ މެޗުގައި ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ކާމިޔާބުކުރީ ސްލާވިއާ ޕްރާގަށް ކުޅެމުން އަންނަ ޑިފެންޑަރު ތޯމަސް ހޯލް ސް އެވެ. ދެވަނަ ލަނޑު މެޗް ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ޗެކް ރިޕަބްލިކަށް ކާމިޔާބުކޮށްދިނީ ބަޔާ  ލެވަކޫސަންއަށް ކުޅެމުން އަންނަ ފޯވާޑް ޕެޓްރިކް ޝިކެވެ. މިއީ ޝިކް މިފަހަރުގެ މުބާރާތުގައި ކާމިޔާބުކުރި ހަތަރުވަނަ ގޯލެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!