ފުރަތަމަ ސަފްޙާ / ޚަބަރު / ރޮނާލްޑް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯޑާ އަރާ ހަމަކޮށްފި

ރޮނާލްޑް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯޑާ އަރާ ހަމަކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 23 ޖޫން 2021

ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިގެން އީރާންގެ ކުރީގެ ފޯވާޑް  އަލީ ދާއީ ހަދާފައިވާ ރެކޯޑާ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑް އަރާ ހަމަކޮށްފި އެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަލީ ދާއީ ހަދާފައިވާ 109 ލަނޑުގެ ރެކޯޑާ އަރާ ހަމަކުރީ މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފް ގެ އެންމެ ފަހު މެޗްގައި ފްރާންސް އާ ދެކޮޅަށް މިހާރު ކުޅެމުން އަންނަ މެޗްގައި ދެ ގޯލް ޖަހައިގެންނެވެ.

މިރޭގެ މެޗްގެ ކުރިން މުބާރާތުގައި ތިން ގޯލް ޖަހައިފައިވާ އުމުރުން 36 އަހަރުގެ ރޮނާލްޑޯ  މިރޭ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ މެޗްގެ 31 ވަނަ މިނެޓްގައި ޕޯޗްގަލްއަށް ލިބުނު ޕެނަލްޓީއެއް ގޯލަށް ވައްދާލައިގެންނެވެ. ދެވަނަ ލަނޑު ޔުވެންޓަސް އަށް ކުޅެމުން އަންނަ ރޮނާލްޑޯ ކާމިޔާބުކުރީ މެޗްގެ 59 ވަނަ މިނެޓްގައި ޕޯޗްގަލްއަށް ލިބުނު ދެވަނަ ޕެނަލްޓީންނެވެ.

މިފަހަރުގެ ޔޫރޯގައި ރޮނާލްޑޯ ވަނީ ޔޯރޯގެ ތާރީހްގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. . މިހާތަނަށް ރޮނާލްޑޯ ވަނީ މިފަހަރުގެ މުބާރާތުގައި ޖެހި ފަސް ގޯލާއެކު 14 ގޯލް ޖަހައިފަ އެވެ.

ގައުމީ ޓީމަށް އެންމެ ގިނަ ގޯލްޖަހައިދިން ކުޅުންތެރިންގެ ލިސްޓްގައި ރޮނާލްޑޯގެ ފަހަތުން ތިން ވަނައިގައި އޮތީ 89 ގޯލް ކާމިޔާބުކޮށްފައިވާ މެލޭޝިއާގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހުތާރު ދާރީ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!