ފުރަތަމަ ސަފްޙާ / ޚަބަރު / ކޮޕާ އެމެރިކާ: ވެނެޒުއޭލާ ބަލިކޮށް ބްރެޒިލުން ފެށުން ރަގަޅުކޮށްފި

ކޮޕާ އެމެރިކާ: ވެނެޒުއޭލާ ބަލިކޮށް ބްރެޒިލުން ފެށުން ރަގަޅުކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 13 ޖޫން 2021

ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަތަފްވެރި ފުޓްބޯޅަ މުބާރާތްކަމަށްވާ ކޮޕާ އެމެރިކާ މުބާރާތުގެ ފުރަތަމަ މެޗުގައި ވެނެޒުއޭލާ ވާދަކޮށް އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލުން މެޗް ކާމިޔާބުކޮށްފި އެވެ. ބްރެޒިލްގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި އެ ގައުމުން ވެނެޒުއޭލާގެ މައްޗަށް ކުރި ހޯދީ 0-3 އިންނެވެ.

މިރޭ ރާއްޖޭގެ ގަޑިން 2 ޖެހި އިރު ފެށި ގްރޫޕް ބީ ގެ ފުރަތަމަ މެޗްގައި ބްރެޒިލުން ޖެހި ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ކޯނަރަކުން ފަހިވި ފުރުސަތެއްގައި ޕީއެސްޖީގެ ޑިފެންޑަރު މާކީނޯ އެވެ. މެޗްގެ 23 ވަނަ މިނެޓްގައި ޖެހި މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ ނަތީޖާއަށް އެއްވެސް ބަދަލެއް ނައިހެވެ. މެޗްގައި ބްރެޒިލަށް ލީޑް ފުޅާކޮށްދިން ލަނޑު 64 ވަނަ މިނެޓްގައި ކާމިޔާބްކުރީ ލިބުނު ޕެނަލްޓީއެއް  ވެނެޒުއޭލާގެ ގޯލަށް އިތުބާރާއެކު ވައްދާލައިގެން ބްރެޒިލްގެ ތަރި ނޭމާ އެވެ. މެޗްގެ ނަތީޖާ ބްރެޒިލުން 0-3 އަށް ބަދަލުކޮށްލީ މެޗް ނިމެން މިނެޓަކަށް ވެފައި އޮއްވަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކްލަބެއް ކަމަށްވާ ފްލެމެންގޯގެ ފޯވާޑް ގަބްރިއެލް ބޮންބާސާ އެވެ.

ބްރެޒިލް ހިމެނޭ ގްރޫޕް ބީގެ އިތުރު މެޗެއް މިރޭ އަދި ކުރިއަށް އެބައޮތެވެ. އެ މެޗްގައި ވާދަކުރާނީ އެކުއެޑޯ އާއި ކޮލަމްބިއާ އެވެ. 10 ޓީމް ވާދަކުރާ މިފަހަރުގެ ކޮޕާ އެމެރިކާ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިފައިވާއިރު މާދަމާ ރޭ ކުޅޭ ގްރޫޕް ބީގެ ފުރަތަމަ މެޗްގައި ވާދަކުރާނީ އާޖެންޓީނާ އާއި ޗިލީ އެވެ. ދެވަނަ މެޗްގައި ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވަނީ ޕެރަގުއޭ އާއި ބޮލީވިއާ އެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!