ފުރަތަމަ ސަފްޙާ / ޚަބަރު / އެރިކްސަންގެ ކުއްލި ހުއްޓުމާއެކު މުޅި ފުޓްބޯޅަ އާއިލާ ކަރުނައިން ތެމިއްޖެ

އެރިކްސަންގެ ކުއްލި ހުއްޓުމާއެކު މުޅި ފުޓްބޯޅަ އާއިލާ ކަރުނައިން ތެމިއްޖެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 13 ޖޫން 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން މިރޭ ފިންލެންޑާ ދެކޮޅަށް މެޗު ކުޅެމުން ދަނިކޮށް ދަނޑުމައްޗަށް ކުއްލި ގޮތަކަށް ޑެންމާކްގެ ކްރިސްޓިއަން އެރިކްސަން ވެއްޓުމާ އެކު މުޅި ފުޓްބޯޅަ އާއިލާ ކަރުނައިން ތެންމާލައިފި އެވެ.

Image

އެރިކްސަން ދަނޑުމައްޗަށް ވެއްޓުނީ މެޗުގެ ގާތްގަނޑަކަށް 40 ވަރަކަށް މިނެޓު ކުޅުނު ފަހުންނެވެ. އެކަނި ހުރެފައި ދުއްވައިގަތް ވަގުތު އެރިކްސަން ވެއްޓުނުއިރު އޭނާގެ ކައިރީގައި އެވަގުތު ޑެންމާކްގެ ބައެއް ކުޅުންތެރިން ތިއްބެވެ. އަދި އޭނާ ވެއްޓެމުން ދިޔަ ވަގުތު ޑެންމާކުގެ ކުޅުންތެރިއަކު އެއްލި ބޯޅަ އެރިކްސަންގެ ގައިގައި ޖެހޭ މަންޒަރު ފެނެ އެވެ.

Image

އިންޓަ މިލާނަށް ކުޅޭ އެރިކްސަން އަކީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. އޭނާ ވެއްޓި ހޭނެތުނު ކަމަށް ބެލެވޭއިރު ޔޫއެފާއިން މިހާރު ވަނީ މެޗު ފަސްކޮށްފަ އެވެ. އެރިކްސަން ވެއްޓުމުން މެޑިކަލް ޓީމުން ވަގުތުން ދަނޑަށް އަރައި އޭނާއަށް ކުއްލި ފަރުވާ ދޭންފެށި އެވެ.

ދެން ފެނުނީ ޑެންމާކްގެ ހުރިހާ ކުޅުންތެރިން ވެއްޓިފައި އޮތް އެރިކްސަން ފަށާލައިގެން ތިބި މަންޒަރެވެ. އެކުޅުންތެރިން ގިސްލަ ގިސްލާފައި ރޮމުންދިޔަ މަންޒަރު ފެނުނުއިރު ފިންލެންޑުގެ ކުޅުންތެރިން ދަނޑުގެ އެކި ހިސާބުތަކުގައި ތިބީ ހުއްޓިފަ އެވެ.

ދެޓީމުގެ ސަޕޯޓަރުން ރޯ މަންޒަރުތައް ޓީވީ ފުޓޭޖްތަކުން ފެނުނުއިރު ރެފްރީންގެ ޓީމާއި ދެޓީމުގެ ކޯޗުންގެ ޓީމު ވެސް ތިބީ ގަނޑުވެފަ އެވެ. އެންމެންގެ ލޮލުން ކަރުނަ ފާއްދާލިއިރު މިއީ ފަހަކަށް އައިސް ފުޓްބޯޅައިން ފެނުނު އެންމެ ހިތާމަވެރި މަންޒަރެވެ.

Image

އެރިކްސަނަށް ދަނޑުމަތީގައި ކޮންމެވެސް ވަރަކަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާ ވެއްޓިފައި އޮތްއިރު މެޑިކަލް ޓީމު ފެނުނީ އިމަޖެންސީކޮށް ފަރުވާދެމުން ދިޔަތަނެވެ. އެވަގުތު ޑެންމާކްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު މަންޒަރުން ސިފަވީ އެރިކްސަންގެ ހާލު ސީރިއަސްކަމެވ

އެރިކްސަނަށް ދިމާވި ހާލަތާ ގުޅިގެން މުޅި ފުޓްބޯޅަ އާއިލާ އަންނަނީ އޭނާ އަށް އަވަސް ފަރުވާއަކަށް އެދި ދުއާ ކުރަމުންނެވެ. ސޯޝަލް މީޑިއާގައި މިވަގުތު އެންމެ ބާރަށް ދެކެވެނީ އެވާހަކައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!