ފުރަތަމަ ސަފްޙާ / ޚަބަރު / ރާއްޖޭގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ސީރިއާއާ ދެކޮޅަށް ނުކުންނަނީ

ރާއްޖޭގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ސީރިއާއާ ދެކޮޅަށް ނުކުންނަނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 1 ޖޫން 2021

ވޯލްޑް ކަޕާއި، އޭޝިއަން ކަޕް ކޮލިފިކޭޝަން ގައި ރާއްޖެ ކުޅެން ހަމަޖެހިފައި އޮތް މެޗްތަކަށް ބަދަލުތަކެއް އައިސް ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ސީރިއާ އާ ދެކޮޅަށް ނުކުންނަ ގޮތަށް ހަމަޖެހިއްޖެ އެވެ. ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗްތައް ކުރިން ހަމަޖެހިފައި އޮތް ގޮތުން ރާއްޖެ ފުރަތަމަ ބައްދަލުކުރަން ޖެހިފައި އޮތީ ޗައިނާ އާ އެވެ. ގްރޫޕްގައި ބާކީ ހުރި މެޗްތަކުގެ ޝެޑިއުލަށް ބަދަލު ގެންނަންޖެހުނީ ކުރިން ޗައިނާގައި ކުޅެން ހަމަޖެއްސި މެޗްތައް އެ ގައުމުގައި ކުރިއަށްގެންދެވޭ ގޮތް ނުވުމުންނެވެ.

މިހާރު ގްރޫޕްގެ މެޗްތައް ޝެޑިއުލްކޮށްފައި އޮތް ގޮތުން ޗައިނާއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ފަހު މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ފިލިޕީންސް އާއެވެ.

މިދިޔަ މަހުގެ 30 އިން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ތާވަލްކުރި ގްރޫޕް އޭ ގެ މެޗުތައް މިދިޔަ އާދީއްތަ ދުވަހު ޗައިނާގައި ފެށި ނަމަވެސް ފަހުން ގްރޫޕްގެ ބާކީ ހުރި މެޗުތައް ދުބާއީ ގައި ކުޅޭގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލު ގެންނަން ޖެހުނީ ގްރޫޕްގައި ހިމެނޭ ރާއްޖެ އާއި ސީރިއާގެ އިތުރުން ފިލިޕީންސްގެ ގައުމީ ޓީމް ޗައިނާ އަށް ދިއުމަށްޓަކައި ދުބާއީން ފުރުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓްތަކުން ތިން ޓީމްގެ ވެސް ބައެއް ކުޅުންތެރިންގެ ނަތީޖާ ޕޮޒިޓިވް ވުމާއެކު އެ ޓީމްތަކަށް ޗައިނާއަށް ދަތުރުކުރުމުގެ ހުއްދަ ނުލިބުމުންނެވެ. މިކަމާ ގުޅޭގޮތުން ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ޗައިނާ ސަރުކާރާ މަޝްވަރާ ކުރި ނަމަވެސް މުބާރާތުގެ މެޗްތައް އެ ގައުމުގައި ކުރިއަށްގެންދިއުމުގެ ހުއްދަ ޗައިނާ ސަރުކާރުން ވަނީ ނުދީފަ އެވެ.

ރާއްޖޭގެ ގައުމީ ޓީމު ޗައިނާ އަށް ފުރުމުގެ ކުރިން ދުބާއީ ގައި ކުރިއަށްގެންދަން ހަމަޖެއްސި ތަމްރީން ކޭމްޕަށް ފަހު ޗައިނާއަށް ދަތުރުކުރުމުގެ ހުއްދަ ނުލިބުނީ ޓީމްގައި ހިމެނޭ ދެ ކުޅުންތެރިން ކަމަށްވާ ޢަލީ އަޝްފާގް (ދަގަނޑޭ) އާއި ޢަލީ ޝާމިސް (ތޮއްޕެ) ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

ފަސް ޓީމް ހިމެނޭ ގްރޫޕް އޭ ގައި ރާއްޖެއިން ދެ މެޗް ކުޅެފައިވަނީ ޓޭބަލްގެ ފުލުގައި އޮތް ގުއާމާ ދެކޮޅަށް އެކަންޏެވެ.  އެ ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކު ރާއްޖެ އޮތީ ގްރޫޕްގެ ހަތަރު ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!