ފުރަތަމަ ސަފްޙާ / ޚަބަރު / ބަޔާންގައި ހުރިހާ ކާމިޔާބެއް ހޯދުމަށްފަހު އަލަބާ ރެއާލް މެޑްރިޑަށް

ބަޔާންގައި ހުރިހާ ކާމިޔާބެއް ހޯދުމަށްފަހު އަލަބާ ރެއާލް މެޑްރިޑަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 28 މެއި 2021

ޖަރުމަނުގެ ބަޔާން މިޔުނިކްގައި 13 އަހަރު ހޭދަކުރުމަށްފަހު ހިލޭ ޓްރާންސްފާ އެއްގައި އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ ރެއާލް މެޑްރިޑަށް ބަދަލުވެއްޖެ އެވެ.

އުމުރުން 28 އަހަރުގެ އަލަބާ ރެއާލް އާ ގުޅިފައި މިވަނީ މިފަހަރުގެ ސީޒަން ހުސްއަތާ ނިންމާލަންޖެހުމުގެ ސަބަބުން އެ ކްލަބްގެ ކޯޗްކަމުގެ މަގާމުން ފްރާންސްގެ ޒިނެޑިން ޒިދާން ވަކިވިތާ އެއް ދުވަސް ފަހުންނެވެ. ބަޔާން މިޔުނިކްގައި އަލަބާ ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާއަށް ވަނީ ޖަރުމަނު ލީގު ދިހަ ފަހަރު ކާމިޔާބުކުރުމުގެ އިތުރުން ޗެމްޕިއަންސް ލީގެ ތަށި ދެ ފަހަރު އުފުލާލުމުގެ ޝަރަފް ލިބިފަ އެވެ.  މީގެ އިތުރުން ބަޔާންއާއެކު ޖަރުމަނު ކަޕް ފަސް ފަހަރު  އަދި ޔޫއެފާ ސުޕަ ކަޕާއި، ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު އަލަބާ ވަނީ ކާމިޔާބުކޮށްފަ އެވެ.

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރެއާލަށް ބަދަލުވިި  އަލަބާ އަކީ ބަޔާންގެ ޔޫތު އެކަޑަމީގެ ތެރެއިން  ފުޓްބޯޅައިގެ ހުނަރު ތަރައްގީކޮށް ކުރިއެރުން ހޯދި ކުޅުންތެރިއެކެވެ. 2008 ވަނަ އަހަރުން ފެށިގެން މި ސީޒަން ނިމުމާ ހަމައަށް ބަޔާންގައި އަލަބާ ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ބަޔާނަށް 431 މެޗް ކުޅެ 33 ގޯލް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!